2028 ވަނަ އަހަރާ ހަމަ އަށް ދާއިރު ސަރުކާރުގެ ތިންބައިކުޅަ އެއްބައި މުވައްޒަފުން މަސައްކަތް ކުރާނީ ގޭގައި: ރައީސް

ރައީސް މުއިއްޒު މޯލްޑިވްސް 2.0 ސަމިޓު ފެށުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ޑިޖިޓަލައިޒޭޝަންގެ ކަންކަން ފުރިހަމަ ވުމުން 2028 ވަނަ އަހަރާ ހަމަ އަށް ދާއިރު، ސަރުކާރުގެ ތިންބައިކުޅަ އެއްބައި މުވައްޒަފުން މަސައްކަތް ކުރާނީ ގޭގައި ތިބެގެން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ މިރޭ "ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް" އިފުތިތާހު ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބާސެލޯ ނަސަންދުރައިގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަ ކުރެއްވި ގޮތުގައި އުމްރާނީ ތަރައްގީގެ އިތުރުން މުޖުތަމައުގެ ކަންކަން ރަނގަޅުކޮށް "ގުޑް ގަވާނަންސް"ގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

"އަޅުގަނޑުގެ އުންމީދަކީ، 2028 ވަނަ އަހަރު ފެށޭ ހިސާބުން މުޅި ދައުލަތުގައި މިހާރު މަސައްކަތް ކުރަމުންދާ ގާތްގަނޑަކަށް ސާޅީސް ނުވަހާސް މުވައްޒަފުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މުވައްޒަފުން، ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއިން ވޯކް ފްރޮމް ހޯމް، ގޭގައި ތިބެގެން، ހަމަ ގާނޫނީ އުސޫލުގެ ތެރެއިން، ކަނޑައެޅިފައި އޮންނަ މިންގަނޑުތަކެއްގެ ތެރެއިން މަސައްކަތް ކުރާ ގޮތަށް ބަދަލުކުރުން، ހަފްތާއަކު 30 ގަޑިއިރު، ނޫނީ ކަނޑައެޅޭ ވަކި ވަގުތަކަށް، ވަގުތު ހަމަ ކުރަން އޮފީހަށް އައުން އޭގެތެރޭގައި ހިމެނޭ ގޮތަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޑިޖިޓަލައިޒް ކުރުމުގެ އެންމެ މައިގަނޑު އެއް މަގުސަދަކީ މި ގައުމުން ކޮރަޕްޝަންގެ ވަބާ ނައްތާލުން ކަމަށެވެ.

އަދި ވިދާޅުވީ އެންމެން އެއްޖޯޝެއްގައި ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ކުރާ މަސައްކަތުގައި ކޮރަޕްޝަން ނައްތާލަން ޖެހޭ ކަމަށެވެ. އޭގެ އިތުރުން އެކަން ހާސިލު ކުރުމަށް ގައުމުގައި އޮތް ހިންގުމުގެ ނިޒާމް ޑިޖިޓަލައިޒް ކުރުމުގެ މުހިންމުކަން އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ޑިޖިޓަލައިޒޭޝަންގެ ތެރެއިން މިހާރު ބޭނުން ކުރާ އައިޑީކާޑަކީ، ސްމާޓް، ޑިޖިޓަލް، އަދި ހުރިހާ ހިދުމަތެއް އެ ކާޑުން ހޯދޭނެ ގޮތް ހިމެނޭ ކާޑަކަށް ހެދުމަށް މަސައްކަތް ކުރައްވާނެކަން އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ. ހަމައެއާ އެކު، ސައިބާ ސެކިއުރިޓީ އިންތިހާއަށް ރަނގަޅުކޮށް، ހިދުމަތުގެ ނިޒާމް ވަރުގަދަ ކުރެވޭނެ ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަށާޖެހޭ، މާނަ ހުރި، ދެމެހެއްޓިނިވި ތަރައްގީ، ހާސިލު ކުރުމަށް މި ސަރުކާރުން ކުރާ މަސައްކަތް ތަކަށް ވެސް އަލިއަޅުއްވާލެއްވި އެވެ. އަދި އުމްރާނީ ތަރައްގީގެ އިތުރުން މުޖުތަމައުގެ ކަންކަން ރަނގަޅުކޮށް "ގުޑް ގަވާނަންސް"ގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް މަސައްކަތްތައް ކުރަމުންދާކަން އެ މަނިކުފާނު ހާމަ ކުރެއްވި އެވެ.

ހަމައެއާއެކު ޑިޖިޓަލައިޒޭޝަންގެ ކަންކަން ފުރިހަމަ ވުމުން މިހާރުގެ ވޯކް ފޯސްގެ ތިން ބައިކުޅަ އެއްބައި ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތަށް، 2028 ވަނަ އަހަރާ ހަމައަށް ދާއިރު ބަދަލު ކުރުމަށް އުންމީދު ކުރައްވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

13 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy