ފޮޓޯ/ އެމްޑަބްލިޔުއެސްސީ
ގޭބިސީ ތަކާއި ވިޔަފާރި ތަކުގެ ފެން ބިލު ނުދެއްކި، ގިނަ ދުވަސް ވުމުން އަރާފައިވާ ޖޫރިމަނާ މައާފު ކޮށްދިނުމުގެ ގޮތުން އިތުރު ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް އެމްޑަބްލިޔުއެސްސީ އިން ނިންމައިފި އެވެ.
އެމްޑަބްލިއުއެސްސީ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިއީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ފެން ބިލު ތަކަށް ފައިސާ ދެއްކުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދިން ފުރުސަތެއް ކަމަށެވެ.
އެގޮތުން މި ޕްރޮގްރާމާއި ގުޅިގެން، އެމްޑަބްލިޔުއެސްސީގެ ޑޮމެސްޓިކް ކަސްޓަމަރުންނާއި ކޮމާޝަލް ޓެރިފް ކަސްޓަމަރުންގެ ބިލުތަކަށް، މިދިޔަ އަހަރުގެ ޑިސެމްބަރު 31ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މައާފު ކޮށްދެވޭނެ ކަމަށް ބަޔާނުގައިވެ އެވެ.
"މިގޮތުން، ޖޫރިމަނާ މައާފު ކޮށްދެވޭނީ އިސްވެ ދެންނެވި ޖޫރިމަނާ ނިސްބަތްވާ ބިލު ތަކަށް ދައްކަވަންޖެހޭ ޖުމުލަ ފައިސާ 01 މޭ 2025 އިން ފެށިގެން 31 ޑިސެމްބަރ 2025 އާއި ދެމެދު އެއްކޮށް ދައްކަވާ ހަލާސް ކުރައްވާ ކަސްޓަމަރުންނަށެވެ..“ ނޫސް ބަޔާނުގައި ބުންޏެވެ.
އެމްޑަބްލިޔުއެސްސީން ބުނީ އެ ކުންފުނީގެ ބިލު ތަކަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކައި ހަލާސް ކުރުމަށް ބޭނުންވާ ކަސްޓަމަރުންނަށް އެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށާއި މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާ ކަސްޓަމަރުންނަށް ޖޫރިމަނާ މައާފު ކޮށްދޭނީ އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކާ ނިންމުމުން ކަމަށެވެ.
އެކަމާއި ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް އޮޅުން ފިލުވަން ބޭނުންވާ ނަމަ، ކަސްޓަމާ ކެއާ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުމުން، ނުވަތަ، 1050 އަށް އެސްއެމްއެސްއެއް ފޮނުވުމުން ނުވަތަ، mail@mwsc.com.mv އަށް އީ-މެއިލް ކުރުމުން ބޭނުންވާ ލިބޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
ނުދެއްކި ގިނަދުވަސް ވެގެން ޖޫރިމަނާ އަރާފައިވާ ބިލްތަކަށް ފައިސާ ދައްކަވާ ހަލާސް ކުރުމަށް މި ފުރުސަތުގެ ބޭނުން ހިފުމަށާއި ގަވާއިދުން ބިލްތަކަށް ފައިސާ ދައްކަވަމުން ގެންދިއުމަށް ހުރިހާ ކަސްޓަމަރުންނަށް އިލްތިމާސް ކުރާ ކަމަށް އެމްޑަބްލިޔުއެސްސީ އިން ބުންޏެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް