ރައްޔިތުންނާ އެކު ޕޮޑްކާސްޓުގެ ސުވާލު ތަކަށް ރައީސް ޖަވާބު ދެއްވަނީ -- ފޮޓޯ/ ރައީސް އޮފީސް
"ވާނުވާ ބަންދު"ގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން މި ސަރުކާރުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންނާ އެކު ޕޮޑްކާސްޓްގެ މި އަދުގެ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ވާނުވާގައި މީހުން ބޭތިއްބުމުގެ މައްސަލައަށް އޮތް ދާއިމީ އެންމެ ރަނގަޅު ހައްލަކީ، މައްސަލަ ބަލައި ނިންމުން އަވަސް ކުރުން ކަމަށާއި، އެ ކަމަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން، ދެއްވާފަ އެވެ.
މައްސަލަތައް އަވަހަށް ބަލައި ނިންމުމުގެ ގާބިލުކަން އިތުރު ކުރުމަށް ޓަކައި ސަރުކާރަށް ކޮށްދެވޭނެ ކަމަކަށް އޮތީ ޖާގަ އާއި ވަސީލަތުގެ ގޮތުން ފޯރުކޮށްދެވެން އޮތް އެހީއެއް ފޯރުކޮށްދިނުން ކަމުގައި އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.
ހުށަހެޅޭ މައްސަލަތައް ރަނގަޅަށް ބަލައި، އިންސާފުވެރިކަމާ އެކު އަވަހަށް ނިންމުމަކީ ޝަރުއީ ދާއިރާގެ ތެރެއިން ކުރައްވަން ޖެހޭ ކަމެއް ކަމަށާ، މި ކަންކަން ކުރުމަށް ޓަކައި ޝަރުއީ ދާއިރާއަށް ސަރުކާރުން މަގުފަހި ކޮށްދެއްވަމުން ގެންދަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެ ގޮތުން، ހުޅުމާލޭގައި ތަރައްގީ ކުރެވެމުންދާ ކޯޓު ކޮމްޕްލެކްސްގެ މަސައްކަތްތައް މުޅީން ނިމޭއިރު، ޝަރުއީ ދާއިރާއަށް އިދާރީ ގޮތުން ބޭނުންވާ އެހީތެރިކަން ވެސް ސަރުކާރުން ކަށަވަރު ކޮށްދޭނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ވަނީ ދެއްވާފައި އެވެ.
މިއާއެކު، އެއްފަހަރާ ގިނަ މަސައްލަތަކެއް ބެލުމުގެ ފުރުސަތު ފަހިވެގެންދާނެކަން އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.
"ވާނުވާ ބަންދު"ގައި މިވަގުތު 300 އެތައް ބަޔަކު ތިބިއިރު، ހައެއްކަ އަހަރުގެ މުއްދަތެއް ބަންދުގައި ހޭދަކޮށްފައިވާ މީހުން އޭގެ ތެރޭގައި އެބަތިބި ކަމަށާ، މި ފަދަ ގޮތަކަށް ތިބެން ޖެހުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމުގައި ވެސް ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް