"ވާނުވާ"ގައި ތިބި މީހުންގެ ހައްގަށް ވަކާލާތުކުރާ ފަރާތްތަކާ ރައީސް ބައްދަލުކުރައްވައިފި

--

"ވާނުވާ ބަންދު"ގައި ތިބި މީހުންގެ ހައްގުގައި ވަކާލާތުކުރާ ފަރާތްތަކާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ބައްދަލު ކުރައްވައިފި އެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލު ކުރެއްވުމުގައި ވާހަކަ ދައްކަވަމުން ވާނުވާގައި ތިބި ފަރާތްތަކާ ގުޅޭ ގޮތުން ވަކާލާތު ކުރައްވާ ބޭފުޅުން ވިދާޅުވީ އެހެން ސަރުކާރު ތަކުން މަސައްކަތް ކޮށްފައިނުވާ ވަރަށް މި ސަރުކާރުން ވާނުވާ ބަންދަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރައްވާކަން ފާހަގަވާ ކަމަށެވެ. އަދި މި ސަރުކާރުން ކުރާ މަސައްކަތް ތަކުން ރަނގަޅު ނަތީޖާއެއް ފެނުމުގެ އުންމީދު އެބައޮތް ކަމުގައި އެ ބޭފުޅުން ފާހަގަ ކުރެއްވި އެވެ.

ހަމައެއާއެކު، އެ ބޭފުޅުން ވަނީ ސަރުކާރުން އެ މައްސަލައަށް ހައްލު ހޯދުމަށް ކުރައްވާ މަސައްކަތްތަކުގައި އެ ބޭފުޅުންގެ ހުރި ހިޔާލުތައް ހިއްސާ ކުރައްވާފަ އެވެ. މިގޮތުން އެބޭފުޅުން ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި "ވާނުވާ ބަންދު" ގައި ތިބި ފަރާތް ތަކަށް ވަކި ހަމައެއްގެ މަތިން މޮނިޓާ ކުރެވޭނެ އިންތިޒާމެއް، ނުވަތަ އިލެކްޓްރޯނިކް ވަސީލަތެއްގެ އެހީގައި ބެލެހެއްޓޭނެ ނިޒާމެއް ހަމަޖެއްސުމަށްފަހު އެއް ފުރުސަތު ދެއްވުމަށް ފެނިވަޑައިގަންނަވާ ކަމުގައި ވިދާޅުވި އެވެ.

އަދި އެ ފަދަ ފަރާތް ތަކުގެ މައްސަލަ އަވަހަށް ބެލޭނެ އިންތިޒާމެއް ހަމަޖެއްސުމަށް، ކޯޓު ތަކަށް އިދާރީ ގޮތުންނާއި ޖާގައިގެ ގޮތުން ބޭނުންވާ ކަންކަން އެ ބޭފުޅުން ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ވެސް އިންސާނީ ކަރާމާތް ގެއްލޭ ފަދަ ކަންކަމަށް ވާނުވާގައި ތިބި ފަރާތްތައް ހުށަހެޅިފައިވާ ކަމަށާއި، އިސްލާމްދީނުގައި މި ކަން ކަމަށް އޮންނަ ރިވެތި އުސޫލުތައް ވެސް ފާހަގަ ކުރެއްވިއެވެ. މި ގޮތުން އިހުސާންތެރި ވުމަށާއި، އަދުލުވެރިކަން އިސް ކުރުމަށާއި، އަނިޔާވެރިކަމާ ދެކޮޅަށް ދީނުގައި އައިސްފައިވާކަންކަން ވެސް މި ބައްދަލު ކުރެއްވުމުގައި އެ ބޭފުޅުން ފާހަގަ ކުރެއްވި އެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސް ވިދާޅުވީ ފުރިހަމަ ކަފާލާތުގެ ނިޒާމެއް ގެނައުމަކީ ސަރުކާރުގެ މައި ސިޔާސަތެއް ކަމުގަ އެވެ. އަދި މިއަދު ޕްރޮސިކިއުޓާ ޖެނެރަލް އަދި އެޓާނީ ޖެނެރަލާ މަޝްވަރާ ކުރައްވައިގެން، މޮނިޓާ ކުރެވޭނެ ނިޒާމެއްގެ ތެރެއިން، 1 ފުރުސަތު ދިނުމުގައި އެއްވެސް މައްސަލައެއް އުޅޭނެތޯ، ބައްލަވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

އޭގެ އިތުރުން ކޯޓު ކޮމްޕްލެކްސް އެޅުމަށް ތައްޔާރުވަމުންދާ ކަމަށާއި، ވަގުތީ ގޮތުންވެސް މައްސަލަތައް ބެލޭނެ އަވަސް އިންތިޒާމެއް ހަމަޖެއްސުމަށް މިހާރު ވެސް މަސައްކަތް ކުރައްވާކަން އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ. ޖަލު ތަކުގެ ހާލަތު ބައްލަވާނެ ކަމަށާއި އަދި ބައްދަލުވުމުގައި ފާހަގަކުރެއްވި އެހެނިހެން ކަންކަންވެސް، ހާއްސަ އިސްކަމެއް ދެއްވައިގެން ބައްލަވާނެކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

މި ބައްދަލު ކުރެއްވުމުގައި، ވާނުވާގައި ތިބި ފަރާތްތަކާ ގުޅޭ ގޮތުން ވަކާލާތު ކުރައްވާ ބޭފުޅުން ވަނީ އެ މައްސަލައަށް މިހާރުން މިހާރަށް ގެނެވޭނެ ކަމަށް ބެލެވޭ ހައްލުތައް ހިމަނާފައިވާ ކަރުދާހެއް ވެސް ރައީސަށް ހުށަހަޅުއްވާފަ އެވެ. މި ކަރުދާހުގައި "ވާނުވާ ބަންދު" ގެ ތަފާސް ހިސާބު ތަކާއި، އެކި މައްސަލަތަކުގެ މައުލޫމާތު ހިމަނާފައިވެ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

19 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy