"ބިލްޑިން ދި ކެޕޭސިޓީ އޮފް އިމާމްސް އެންޑް ޕްރީޗާސް" ފަށައިފި

--

އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރެރިޒަމް ކޯލިޝަން" (އައިއެމްސީޓީސީ) އާއި ރާއްޖޭގެ ނޭޝަނަލް ކައުންޓާ ޓެރެރިޒަމް ސެންޓާ (އެންސީޓީސީ) ގުޅިގެން އިމާމުންނާއި އިލްމުވެރިންނަށް ބާއްވާ ތަމްރީން ޕްރޮގްރާމް "ބިލްޑިން ދި ކެޕޭސިޓީ އޮފް އިމާމްސް އެންޑް ޕްރީޗާސް" ފަށައިފި އެވެ.

މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ.

މި ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިއު އާއި އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރެރިޒަމް ކޯލިޝަންގެ ސެކްރެޓަރީ ޖެނެރަލް މޭޖާ ޖެނެރަލް މުޙައްމަދު ބިން ސައީދު އަލްމަޖީދީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ އިތުރުން، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަމާ ގުޅުން ހުރި ބައެއް އިދާރާތަކުގެ އިސްވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝަހީމް، ފާހަގަކުރެއްވި ގޮތުގައި އައިއެމްސީޓީސީ އާއި އެންސީޓީސީ ގުޅިގެން މި ބާއްވާ ޕްރޮގްރާމަކީ ޓެރަރިޒަމާއި ހައްދުފަހަނަ އެޅުމާ ދެކޮޅަށް މަސައްކަތް ކުރުމަށް ބޭނުންވާ މައުލޫމާތު ހިއްސާ ކުރުމަށް ވަރަށް މުހިންމު ފެށުމެއް ކަމުގަ އެވެ.

އައިއެމްސީޓީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ ވާހަކައިގައި ވިދާޅުވީ މި ކޯލިޝަން އުފެއްދުމުގެ މައިގަނޑު މަގުސަދަކީ، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމަށް، ކޯލިޝަންގައި ހިމެނޭ ގައުމުތައް ގުޅިގެން، އިލްމާއި، މީޑިއާއާއި، މާލީ ގޮތުންނާއި އަސްކަރީ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން ކަމުގައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

33 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy