މެޑިސިން ކިޔަވާ ދަރިވަރުން ބްރޫނާއީގައި އިންޓާންޝިޕް ހެދުމުގެ ފުރުސަތު ހޯދަން މަޝްވަރާކޮށްފި

--

މެޑިސިން ދިވެހި ކިޔަވާ ދަރިވަރުންނަށް ބްރޫނާއީގައި އިންޓާންޝިޕް ހެދުމުގެ ފުރުސަތު ހޯދަން އެޑިއުކޭޝަން މިނިސްޓްރީން މަޝްވަރާކޮށްފި އެވެ.

މި މަޝަވަރާ ބައްދަލުވުން ކުރިއަށް ދިޔައީ މިހާރު ރާއްޖެ އައިސް އުޅޭ ބުރޫނާއީގެ ސިއްހީ ދާއިރާގެ ޓެކްނިކަލް އިބޭފުޅުން ތަކަކާ އެކުގަ އެވެ. އެ ޓީމުގައި ބްރޫނާއީގެ ޕްރައިމަރީ ހެލްތުކެއާ ގެ ޗީފް ކްލިނިކަލް ސްޕެޝަލިޓީ ސާވިސްގެ މަންދޫބުން ހިމެނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ރާއްޖެ އާއި ބްރޫނާއީ އާ ދެމެދު ސިއްހީ ދާއިރާގެ އެއްބާރުލުން އިތުރު ކުރުމާއި ގުޅޭ ގޮތުން މަޝަވަރާ ކުރި ކަމަށެވެ.

އިންޓާންޝިޕް ފުރުސަތު ހޯދުމުގެ އިތުރުން، މި ބައްދަލުވުމުގައި މަޝްވަރާ ކުރި ކަންކަމުގެ ތެރޭގައި:

1. ޕްރައިމަރީ ހެލްތު ކެއާ ގެ ހިދުމަތް ހަރުދަނާ ކުރުން، ހާއްސަކޮށް އާބަން ޕްރައިމަރީ ހެލްތުކެއާ

2. ހަކުރުބަލި މެނޭޖު ކުރުމާއި ނަފުސާނީ ކަންކަމަށް ހާއްސަކޮށް ނަރުހުން ތަމްރީނު ކުރުން.

3. ކެންސަރަށް ފަރުވާ ދިނުމުގެ ހިދުމަތްތައް ތަރައްގީ ކުރުމުގައި އެހީތެރި ކަމާ އެއްބާރުލުން ހޯދުން.

4. ޕަބްލިކް ހެލްތާއި ގުޅުންހުރި މޯބައިލް އެޕްލިކޭޝަން ތައްޔާ ރުކުރުމަށް، އެކަމުގެ އިލްމާއި ތަޖުރިބާ ހިއްސާ ކުރުން.

5. ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ކްލިނިކްތައް ( ޓޮބޭކޯ ސެޒޭޝަން ) ހިންގުމުގެ ސްޓްރެޓެޖީ ތަކާއި އެންމެ ރަނގަޅު އުސޫލުތައް ހިއްސާ ކުރުން.

ބުރޫނާއީގެ ޓީމުން ވަނީ މާލޭގައި ސިއްހީ ހިދުމަތްދޭ މުހިންމު ތަންތަނަށް ޒިޔާރަތްކޮށްފަ އެވެ.

އޭގެ ތެރޭގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި ދަމަނަވެށި އަދި ރާއްޖޭގެ ހެލްތްކެއާ އިންފްރާސްޓްރަކްޗާ އާއި ހިދުމަތް ފޯރުކޮށްދިނުމުގެ ކަންކަން ވަނީ ބަލާފަ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

21 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy