"ކޮރަޕްޝަނާ ދެކޮޅު މަސައްކަތަކީ ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރެވޭ ފަރުދީ ޒިންމާއެއް"

ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް -- ފޮޓޯ/ ރައީސް އޮފީސް

ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތަކީ ހަމައެކަނި ގާނޫނީ ގޮތުން ފުރިހަމަ ކުރާން ޖެހޭ ޒިންމާއެއް ނޫން ކަމަށާއި، އެއީ، އޭގެ ސަބަބުން ކޮންމެ ރައްޔިތެއްގެ ހައްގުތައް ރައްކާތެރި ކުރެވޭ ފަރުދީ ޒިންމާއެއް ކަމަށް ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

އިންޓަނޭޝަނަލް ފޯރަމް އޮން އިންޓަގްރިޓީ 2025، ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި މި އަހަރުގެ ފޯރަމްގެ މައުލޫ، "ސްޓްރެންތެނިން އިންޓެގްރިޓީ އެންޑް ކޮމްބެޓިން ކޮރަޕްޝަން އިން ދަ ޓޫރިޒަމް ސެކްޓާ" އަކީ މިއަދުގެ ހާލަތާ ގުޅޭ މައުލޫއެއް ކަމަށް ވިދާޅުވި އެވެ.

އަދި، އިންވެސްޓާ ކޮންފިޑެންސާއި ރައްޔިތުންގެ އިތުބާރު ހޯދުމުގައި ނަޒާހަތްތެރި ކަމާއެކު ފަތުރުވެރި ކަމުގެ ދާއިރާ ހިންގުމުގެ މުހިންމު ކަމުގެ މައްޗަށް، ނައިބު ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައިވެ އެވެ.

މީގެ އިތުރުން، ނަޒާހަތްތެރި ކަމާއި ޖަވާބުދާރީ ވުމަކީ ސެކްޓަރުގެ ދެމެހެއްޓެނިވި ކަމާއި، ބައިނަލްއަގުވާމީ މައިދާނުގައި ގައުމުގެ ރިވެތި ނަން ދެމެހެއްޓުމާއި، ދިގުމުއްދަތުގެ ކުރިއެރުން ކަށަވަރު ކުރުމަށް އެންމެ މުހިންމުކަން ކަމަށާއި، އަދި އެއީ ރާއްޖޭގެ ޕްރިމިއާ ޑެސްޓިނޭޝަން ލަގަބު ދެމެހެއްޓުމަށް އޮތް މަގުކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި އީޖާދީ ވިސްނުމާއި ކެޕޭސިޓީ ތަރައްގީ ކުރުމުގައި ސަރުކާރު ތަކާއި، ޕްރައިވެޓް ސެކްޓާ، މަދަނީ ޖަމުއިއްޔާ ތަކާއި، ބައިނަލްއަގުވާމީ އިދާރާ ތަކުގެ ދައުރަށް ވެސް ބައްލަވާލައްވާފައިވެ އެވެ.

އެގޮތުން، ހަރުދަނާ ސިޔާސަތު ތަކާއި، މޮނިޓަރކޮށް ތަންފީޒު ކުރުމާއި، ގަވާއިދުން އިވޭލުއޭޓް ކުރުމާއި، އޭގެ ސަބަބުން އަންނަ ބަދަލު ތަކުގެ މައްޗަށް އެ މަނިކުފާނު އަލިއަޅުއްވާލެއްވި އެވެ. އަދި، ވިސްލް ބްލޯވާޒް ބާރުވެރި ކޮށްދީ، އެފަދަ ފަރާތް ތަކަށް ގާނޫނީ ހިމާޔަތްދީ، ނަޒާހަތްތެރި ކަމަކީ އިސްތިސްނާއެއް ނޫން މިންގަނޑަކަށް ހަދައިދޭ ނިޒާމުތައް ބިނާކުރަން އެމަނިކުފާނު ގޮވާލެއްވިއެވެ. އަދި، އެންޓި-ކޮރަޕްޝަން އިދާރާ ތަކަކީ މިނިވަންވެ، އަމިއްލަ އިސް ނެގުމާއި، ސިޔާސީ ތައައްސަބުން މިނިވަންވެފައިވާ އިދާރާ ތަކަށް ވާން ޖެހޭ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ސައޫދީ އަރަބިއްޔާގެ އޯވަސައިޓް އެންޑް އެންޓި-ކޮރަޕްޝަން އޮތޯރިޓީގެ ރައީސް، މާޒިން ބިން އިބްރާހީމް އަލް-ހަމޫސް ވަނީ ދެ ގައުމުގެ މެދުގައި އޮތް ގުޅުމާއި އެއްބާރުލުން ފާހަގަ ކުރައްވައި، ނައިބު ރައީސަށް ހަނދާނީ ފިލައެއް އަރުވާފަ އެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ އިންޓަނޭޝަނަލް ފޯރަމް އޮން އިންޓަގްރިޓީ އަކީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ މެންބަރު ގައުމުތަކުގެ އެންޓި-ކޮރަޕްޝަން އިދާރާ ތަކަށް އަމާޒު ކޮށްގެން ހިންގާ ފޯރަމެކެވެ. މިފޯރަމްގައި 180އަށް ވުރެ ގިނަ ފަރާތުން ބައިވެރިވެ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

57 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy