—
އިއްޔެ ކުރިއަށް ދިޔަ ތިން ރަށެއްގެ ބައި އިލެކްޝަންސްގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަން (އީސީ)ން ރޭ އިއުލާންކޮށްފިއެވެ.
އިއްޔެ ކުރިއަށް ދިޔައީ ދ. ކުޑަހުވަދޫ ކައުންސިލް ރައީސް އިންތިހާބު ކުރުމަށް ބޭއްވި ބައިއިލެކްޝަނާއި، ލ. ގަމު ކައުންސިލް މެންބަރު އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަންސްގެ އިތުރުން، މ. މުލަކު ކައުންސިލްގެ އަންހެން މެންބަރަކު އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަނެވެ.
މި ތިން ބައި އިލެކްޝަންގެ ނަތީޖާ ރޭ އިއުލާން ކުރިއިރު، ކުޑަހުވަދޫ ކައުންސިލް ރައީސްގެ ގޮނޑި ކާމިޔާބު ކުރެއްވީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ކެންޑިޑޭޓް ޖާދު ހަމީދެވެ. އޭނާ އަށް 826 ވޯޓު ލިބިވަަޑައިގެންނެވިއިރު، އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިވަޑައިގެންނެވީ 624 ވޯޓެވެ.
ގަމު ކައުންސިލްގެ ގޮނޑިއަށް ބަލާއިރު، އެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީ ކެންޑިޑޭޓް އަލީ ރަޝީދާއި ވާދަކޮށް އެމްޑީޕީ ކެންޑިޑޭޓް އަފްސަލް ޖައުފަރެވެ. އަލީ ރަޝީދަށް 644 ވޯޓު ލިބިވަޑައިގެންނެވިއިރު، އަފްސަލް ޖައުފަރަށް ލިބިވަޑައިގެންނެވީ 894 ވޯޓެވެ.
މުލަކު ކައުންސިލްގެ އަންހެން ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީ ކެންޑިޑޭޓް މިޒްނާ ތައުފީގާއި ވާދަކޮށް އަމިއްލަ ގޮތުން ވާދަކުރެއްވި ރީމާ ހުސައިނެވެ. މިޒްނާއަަށް 282 ވޯޓު ލިބިވަޑައިގެންނެވިއިރު، ރީމާއަށް ލިބިވަޑައިގެންނެވީ 336 ވޯޓެވެ. ޖުމްހޫރީ ޕާޓީ (ޖޭޕީ)ން ބުނާގޮތުގައި ރީމާ އަކީ އެ ޕާޓީގެ އަންހެނުންގެ ލީގުގެ ރަައީސެވެ. އޭނާ އެކަމަކު އެ ގޮނޑިއަށް ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް