ޓެރެރިޒަމާ ހަރުކަށި ފިކުރުގެ ވަބާއަކީ ވަކި ދީނަކާ ގުޅުންހުރި ކަމެއް ނޫން: ޝަހީމް

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ޓެރެރިޒަމާ ހަރުކަށި ފިކުރުގެ ވަބާއަކީ ވަކި ދީނަކާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި މި ފިކުރީ ބަލިމަޑު ކަމަށް އޮތް ހަގީގީ ހައްލަކީ އިތުބާރު ހުރި މަސްދަރު ތަކުން އިލްމު ހޯދުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރެރިޒަމް ކޯލިޝަނާއި ރާއްޖޭގެ ނޭޝަނަލް ކައުންޓާ ޓެރެރިޒަމް، ގުޅިގެން އިމާމުންނާއި އިލްމުވެރިންނަށް ބާއްވާ ކެޕޭސީޓީ އިތުރު ކުރުމުގެ ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝަހީމް ވިދާޅުވީ އިސްލާމީ ތާރީހުގައި އިލްމުވެރީންނާއި އިމާމުންނަކީ މުޖުތަމައުގެ އެންމެ އިސް ދައުރެއް އަދާ ކުރާ ފަރާތްތައް ކަމަށާއި އަދި ދީނީ ގޮތުންނާއި އިޖުތިމާއީ ގޮތުން އާއްމު ފަރުދުން ހޭލުންތެރި ކުރުމުގައި ވެސް އެންމެ އިސް ދައުރެއް އަދާ ކުރަމުން އަންނަނީ އެ ފަރާތް ތަކުން ކަމަށެވެ.

މިނިސްޓަރު ޝަހީމްގެ ވާހަކަފުޅުގައި ވަނީ އިސްލާމީ އުއްމަތް ޓެރެރިޒަމާ ހަރުކަށި ފިކުރު ފަދަ ފިކުރު ތަކުން ސަލާމަތް ކުރުމަށް ސައުދީ އަރަބިއްޔާ އިސްވެ، އޮވެ ކުރާ މުހިއްމު މަސައްކަތް ފާހަގަ ކުރައްވައި އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްއަށާއި، ޕްރިންސް މުޙައްމަދު ބިން ސަލްމާނަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

މީގެ އިތުރުން ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން އިސް ނަގައިގެން މި ފަދަ ފިކުރު ތަކާއި ދެކޮޅަށް ގިނަ މަސައްކަތް ތަކެއް ކުރަމުން އަންނަ ކަމަށާއި ރާއްޖެ އާއި ސައުދީ ގުޅިގެން މި ކަމުގައި މުހިއްމު މަސައްކަތް ތަކެއް ކުރެވޭނެކަން ވެސް އެމަނިކުފާނުގެ ވާހަފުޅުގައި ވަނީ ފާހަގަ ކުރައްވާފަ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

33 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy