އެމްއައިއެފްސީއަކީ ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ހަދަން ކުރާ ދަތުރުގެ ފެށުން: ރައީސް

--

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) އަކީ 2040 ވަނަ އަހަރު އަންނައިރު ރާއްޖެއަކީ ތަރައްގީ ވެފައިވާ ގައުމަކަށް ހެދުމަށް ކުރާ ދަތުރުގެ ފެށުން ކަމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، އެމްއައިއެފްސީ ގާއިމު ކުރުމާ ގުޅޭ ގޮތުން ޖޮއިންޓް ވެންޗާ އެއްބަސްވުމާއި ފަހުމުނާމާގައި ސޮއި ކުރުމަށް އާދީއްތަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އެ މަރުކަޒު ވެގެންދާނީ، ކެރިގެން ނިންމާ ނިންމުން ތަކާއި، ސާބިތު ބައިވެރިވުން ތަކާއި، ގައުމީ މަގުސަދުގެ ތަރިކަ އަކަށް ކަމަށެވެ.

އެމްއައިއެފްސީ ތައާރަފު ކޮށްދެއްވަމުން ރައީސް އެ މަރުކަޒު ސިފަ ކުރައްވާފައިވަނީ، ފުރުސަތު ތަކާއި، ވިލުންތެރި ކަމާއި، ޝަރަފުވެރި ކަމުން ދިވެހިން ބާރުވެރި ކޮށްގެން ދިވެހި އިގުތިސާދު ސިންދަފާތު ކުރުމަށް ކުރައްވާ މަސައްކަތައް ދެއްވާ އިތުބާރެއްގެ ގޮތުގަ އެވެ. އަދި މިއީ، މާލިއްޔަތާއި، ދެމެހެއްޓެނިވި އަދި ހަޟާރީ ދިރިއުޅުމެއްގެ މަތީ ބިނާ ކުރާ މުސްތަގުބަލަކަށް ދިވެހިން ތައްޔާރަށް ތިބިކަން ދުނިޔެއަށް އަންގައިދޭ ނިޝާނެއްގެ ގޮތުގައި އެ މަނިކުފާނު ސިފަ ކުރައްވާފައިވެ އެވެ.

ރައީސް ވިދާޅުވީ ރާއްޖެ އަކީ ހަމައެކަނި މަންޒިލެއް ނުވަތަ ކުޑަ ޖަޒީރާ ގައުމެއް ނޫން ކަމަށާއި، ރާއްޖެ އަކީ ހިންދު ކަނޑުގެ އިގުތިސާދީ އަދި ޑިޖިޓަލް ބަދަލުގެ ތެރޭގައި ހިމެނޭ "ސްމާޓް ޖަޒީރާ ގައުމެއް" ކަމަށެވެ. އަދި މާޒީގެ މޮޑެލްތައް ނަކަލު ކުރުމުގެ ބަދަލުގައި ރާއްޖެއިން ގެންގުޅޭނީ، ސަރަހައްދީ އިންތައް ފަހަނައަޅައި ދާ ފަދަ، ޑިޖިޓަލް ފަސްޓް އަދި ޝާމިލު މާލީ ވެއްޓެއް ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން، އެމްއައިއެފްސީ އިން އެތައް ބިލިއަން ޑޮލަރެއްގެ އާމްދަނީ ހޯދޭނޭ ކަމަށް ހިސާބު ތަކުން ދައްކާ ހިނދު، އަދި އެއީ ގައުމީ އުފެއްދުންތެރި ކަމުގައި މުހިންމު ހިއްސާއެއް އަދާ ކުރާނޭ މަޒުކަޒަކަށް ވެގެންދާނޭ ކަމަށް އަންދާޒާ ކުރެވިފައިވާހިނދު، ސިނާއީގޮތުން ހުރި ފުރުސަތު ތަކަށް ހަލުވި ދުވެލީގައި ވާސިލުވުމަށް ވެވޭ އެހީއަކަށް މި މަޒުކަޒު ވެގެންދާނޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ހިއްސާ ކުރައްވާފައިވަނީ، އެމްއައިއެފްސީގެ އެހީގައި މުޖުތަމައަށް ދިރުން ގެނުވައި، ދިވެހި އެތައް ޖީލު ތަކަކަށް ފަހި ފުރުސަތުތައް އުފެދިގެންދާނޭ ކަމުގެ ތަސައްވުރެކެވެ.

ރޭގެ ރަސްމިއްޔާތުގައި، އެމްއައިއެފްސީ ގާއިމުކުރާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީ އާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާ ދެމެދު ޖޮއިންޓް ވެންޗާ އެއްބަސްވުމާއި ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އަދި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ ފަރާތުން ސޮއި ކުރެއްވީ ޗެއާމަން، މަރްވާން އަލްހަޖޭރީ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

52 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy