އޮސްޓްރޭލިއާގެ ބޮޑުވަޒީރަށް ރައީސް މުއިއްޒު، ތަހުނިޔާ ވިދާޅުވެއްޖެ

--

އޮސްޓްރޭލިއާގެ ބޮޑުވަޒީރު، އެންތަނީ އަލްބަނީޒް، އެ ގައުމުގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތުމާއި ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، އެ މަނިކުފާނަށް ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

ރައީސް، އެކްސްގައި ކުރެއްވި ތަހުނިޔާގެ ޕޯސްޓުގައި އެ މަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައި، ބޮޑުވަޒީރު އަލްބަނީޒްގެ މި ކާމިޔާބީއަކީ އޮސްޓްރޭލިއާ ރައްޔިތުން އެ މަނިކުފާނަށް ކުރައްވާ ބޮޑު އިތުބާރު ރަމްޒުކޮށްދޭ ކަމެއް ކަމުގައި ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ މެސެޖު ނިންމަވާލެއްވީ ރާއްޖެ އާއި އޮސްޓްރޭލިއާގެ ގުޅުން އިތުރަށް ބަދަހި ކުރުމުގެ އުންމީދު އައު ކުރައްވަމުންނެވެ.

އޮސްޓްރޭލިއާ އާއި ރާއްޖެއިން ދަނީ، މެރިޓައިމް ސެކިއުރިޓީ، ވިޔަފާރި، ޓްރާންސްނޭޝަނަލް ކްރައިމް އެންޑް ކްލައިމެޓް ޗޭންޖް، އަދި ކަނޑުތަކާއި ތިމާވެށި ހިމާޔަތް ކުރުމުގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރަމުންނެވެ.

މީގެއިތުރުން، ގާބިލުކަން އިތުރުކުރުމާއި، ތައުލީމީ ދާއިރާ އާއި، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށީގެ ވަސީލަތްތައް މެނޭޖު ކުރުމުގައި އޮސްޓްރޭލިއާގެ ތަޖުރިބާ ހިއްސާ ކުރުމާއި، ސިވިލް ސޮސައިޓީ ހަރުދަނާކޮށް، ހިންގުމުގެ ގާބިލުކަން އިތުރު ކުރުމާއި އދ.ގެ ޕާޓްނަރުން މެދުވެރިކޮށް ކުރާ މަސައްކަތް ތަކުގެ ތެރެއިން ދެ ގައުމުން ދަނީ އެއްބާރުލުންދީ ގުޅިގެން މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

35 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy