--
މަސްތުވެގެން، އެހެން މީހުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް ބާރު ސްޕީޑުގައި ޓެކްސީ ދުއްވި މީހަކު ހައްޔަރު ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިވައިގެން، ހައްޔަރު ކޮށްފައިވަނީ ހުޅުމާލެ، ފުލެޓް ނަންބަރު 07-1-4، މުޙައްމަދު މާއިސް، 23، އެވެ.
ފުލުހުން ބުނީ މި މަހުގެ އެއް ވަނަ ދުވަހުގެ ރޭ ހައިވޭ ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހުންނަށް، ހެޑްލައިޓް ނުދިއްލާ 4 ސިގްނަލް ޖައްސައިގެން ނުރައްކާތެރިކޮށް ބާރުސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ފާހަގަ ކުރެވިގެން، އެ ކާރު މަޑު ކުރަން އެންގުމުން މަޑުނުކޮށް ގޮސްފައިވާ ކަމަށެވެ.
އެހެންވެ، ހުޅުމާލެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންގެ ޕެޓްރޯލް ބީޓް ތަކުން އެ ކާރު ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ހުޅުމާލެ ފޭސް 1، ހައިވަކަރު މަގުން ޓްރީޓޮޕާ ދިމާއަށް ދަތުރު ކުރަމުންދާ މަންޒަރު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި، އެ ކާރު މަޑު ކުރުމަށް އިޝާރާތް ކުރުމުން މަޑު ނުކޮށް، ބަމްޕަރު ތަކަށް ވެސް އަދި ގޯޅި އަޅާއިރު ވެސް ދުވެލި މަޑު ނުކޮށް ނުރައްކާތެރިކޮށް ދުއްވާފައިވާ ކަމަށް ބުންޏެވެ.
ފުލުހުން ބުނިގޮތުގައި އެ ގޮތަށް ދުއްވަމުންގޮސް ކާރު މަޑު ކޮށްފައިވަނީ ރަބަރުގަސްމަގު، ފުލެޓް ނަންބަރު 97 ކައިރިއަށެވެ. އަދި ފުލުހުން ކާރު ކައިރިއަށް ދިއުމުން އަނެއްކާ ވެސް ކާރު ދުއްވާލަން އުޅެފައިވެ އެވެ.
މި ކާރު ހުއްޓުވި އިރު، ކާރުގެ ކަނާތްފަރާތު ފަހަތު ފުރޮޅުގެ ޓަޔަރު ނެތް ކަމަށާއި ޓަޔަރު ފެނިފައި ވަނީ 103 ނަންބަރު ފްލެޓް ކައިރިން ކަމަށާއި އިތުރު ގެއްލުންތައް ކާރަށް ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުފެއިވެ އެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް