ތަރައްގީގައި އިސްކަން ދޭނީ އިސްލާމްދީނުގެ ހަމަތަކާއެއްގޮތަށް ކުރިއަށް ގެންދަން: ރައީސް

ރައީސް ޑރ. މުއިއްޒު މިއަދު ނޫސްވެރީންނާ ބައްދަލުކުރެއްވުން --

ގައުމު ތަރައްގީގެ ކަންކަން ކުރިއަށްގެންދާއިރު، އެންމެ އިސްކަމެއް ދެއްވާނީ އިސްލާމްދީނުގެ ހަމަތަކާ އެއްގޮތަށް ކަންކަން ކުރިއަށްގެންދިއުމަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ އަސާސަކަށް ވާނީ، ހުރިހާ ހާލަތެއްގައި ވެސް ދިވެހީންގެ މަސްލަހަތު އިސްކޮށް، ދިވެހީންގެ މިނިވަން ކަމާއި، ސިޔާދަތީ ބާރު ހިމާޔަތްކޮށް ދެމެހެއްޓުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ހުރިހާވެސް އަމާޒަކީ، ނަތީޖާ ނެރުންކަމަށެވެ. އަދި ނަތީޖާއަށް ދިއުމުގައި ހުރަސްތަކެއް ދިމާވާނަމަ، އެކަންމުން އެންމެ ގެއްލުން ކުޑަ ހައްލެއް، އަވަހަށް ހޯދައިގެން އެ އަމާޒަށް ވާސިލުވުމަށް މަސައްކަތް ކުރައްވާ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރުން ރައްޔިތުންނަށް ދެމުންދާ ހިދުމަތްތަކާ ބެހޭގޮތުން އެ މަނިކުފާނު ވިދާޅުވީ އައިޖީއެމްއެޗުގެ ތެރޭގައި އެކިދާއިރާ ތަކުން ސްޕެޝަލައިޒްޑް ވެފައި ތިއްބެވި ޑޮކްޓަރުން، ބަލިމީހުންނަށް ހިދުމަތް ދެވޭގޮތަށް، ބެލޭ ވަގުތު އިތުރުކުރެވޭ އޯޕީޑީ ކްލިނިކްތަކެއް ހަދަން މިހާރު ނިންމާފައިވާކަމަށާއި އެކަން ކުރުމަށް ޓަކައި މަސައްކަތްތަކެއް ކުރެވޭ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި، ސިނަމާލެ މާލެހިޔާ ސަރަހައްދުގައި ފުލެޓު އެޅުމަކީ ސަރުކާރުގެ ވަރަށް ބޮޑު ވައުދެއް ކަމުގައި ވިދާޅުވި އެވެ. އަދި އެ މަނިކުފާނު މާލޭ ސިޓީގެ މޭޔަރަކަށް ހުންނެވިއިރު މި މަޝްރޫއުގައި ސޮއި ކުރައްވާފައިވާނެ ކަމުގައި ވިދާޅުވި އެވެ.

 މި މަޝްރޫއު ކުރިއަށްގެންދާނީ ސިޓީ ކައުންސިލްގެ ތެރެއިން ކަމަށާއި މި މަޝްރޫއުގެ ތެރެއިން މިހާރު ހުރި ސިނަމާލެ އަދި މާލޭހިޔާ ފުލެޓްތަކުގައި ދިރިއުޅޭ މީހުން އަމިއްލަކޮށްފައިހުރި ތަންތަން އަލަށް އަޅާ އިމާރާތް ތަކަށް ބަދަލު ކުރެވި، ބައު އިމާރާތް ތަޅާލުމަށް ފުރުސަތު ލިބިގެންދާނެ ކަމުގައި ވިދާޅުވި އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

13 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy