ބަޔޯމެޓްރިކްސް އަޕްޑޭޓު ނުކުރާ ފަރާތްތައް، ސިސްޓަމުން ބްލޮކްކުރަނީ

ހޯމް މިނިސްޓަރު އަލީ އިހުސާން: ފޮޓޯ/ ހޯމް މިނިސްޓްރީ

ބަޔޯމެޓްރިކް ޑާޓާ އަޕްޑޭޓު ނުކުރާ ބިދޭސީ މަސައްކަތްތެރީން ގެންގުޅޭ ހުރިހާ ފަރާތްތައް، އަންނަ އާދިއްތަ ދުވަހުން ފަށައިން ސިސްޓަމްގެ ތެރެއިން ބްލޮކްކުރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ބައޯމެޓްރިކްސް އަޕްޑޭޓު ކޮށްފައި ނުވާ ބިދޭސީންގެ ހާލަތު ނުވަތަ ވޯކު ޕާމިޓް ސްޓޭޓަސް މިދިޔަ މަހުގެ 30ވަނަ ދުވަހުގެ ކުރިން ހިއްސާ ކުރުމަށް މިނިސްޓްރީން ވަނީ މީގެ ކުރިން އެދިފަ އެވެ. އަދި މި މުއްދަތުގައި އެކަށީގެންވާ ސަބަބެއް ނެތި ބައޯމެޓްރިކްސް އަޕްޑޭޓުނުވާ ވަޒީފާ ދޭ ފަރާތްތައް އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑްކޮށް، ހިދުމަތް މެދުކަނޑާލާނެ ކަމަށް މިނިސްޓްރީން ވަނީ ހާމަ ކޮށްފަ އެވެ.

މަސައްކަތްތެރީންގެ ދުވަހާ ގުޅުވައިގެން ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ބިދޭސީންނާ ގުޅޭ ގާނޫނުތައް ހުރީ އެތައް އަހަރެއްވީ އިރުވެސް ތަންފީޒު ނުވެ ކަމަށާއި ނަމަވެސް ގާނޫނުތައް ތަންފީޒު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

ގާނޫނުތައް ތަންފީޒު ކުރަމުންދާ ވަރަކަށް ބިދޭސީންގެ ހައްގުތައް ކަށަވަރުވެ، ރާއްޖޭގައި އޮތް އިޖުތިމާއީ ބޮޑު މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ މި މަސައްކަތުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތްތައް ނިމުމަކާ ގާތަށް ގޮސްފައިވާ ކަމަށާއި އަދި 3 ވަނަ ފިޔަވަހީގައި މައުލޫމާތުތައް ހޯދާފައިވާ ބިދޭސީން ގަވާއިދުގެ ތެރެއަށް ފަސޭހަކަމާއެކީ ގެނެވޭނެ މަގުތައް ފަހިކޮށްދެއްވާނެ ކަމަށެވެ.

އެގޮތުން މަސައްކަތްތެރީންނަށް ވޯކް ޕާމިޓް ހޯދުމަށާއި ސައިޓް ރަޖިސްޓްރީ ކުރުމަށް މިހާރު ކުރިމަތިވެފައިވާ ދަތިތައް ވަރަށް ބޮޑަށް ފަސޭހަ ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަދި ބިދޭސީންނާ މެދު އިހުމާލުވާ ފަރާތްތައް 50،000 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ މަސައްކަތް ފަށްޓާނެކަން ފާހަގަ ކުރައްވާ އެ މަނިކުފާނު ވަނީ މިހާތަނަށް ބަޔޯމެޓްރިކްސް އަޕްޑޭޓު ނުކުރާ ބިދޭސީ މަސައްކަތްތެރީން ގެންގުޅޭ ހުރިހާ ފަރާތްތައް އަންނަ އާދިއްތަ ދުވަހުން ފަށައިގެން ސިސްޓަމްގެ ތެރެއިން ބްލޮކް ކުރަން ފަށާނެ ކަމަށް ވިދާޅުވެފަ އެވެ.

މި ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމެވެ. އެގޮތުން ގަވާއިދާ ހިލާފަށް ރާއްޖެގައި އުޅެމުންދިޔަ، 6700 އަށް ވުރެ، ގިނަ ބިދޭސީން ޑީޕޯޓު ކޮށްލާފައިވާ ކަމަށް މިނިސްޓަރު އިހުސާން ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

20 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy