ހިޔާވަހި ސްކީމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު-- ފޮޓޯ/ ރައީސް އޮފީސް

ގެދޮރުއެޅުމަށް ދަތިވެފައިވާ މީހުންނާށް ހާއްސަކޮށްގެން ކުޑަ އިންޓަރެސްޓް ރޭޓެއްގައި ސަރުކާރުން ތައާރަފްކުރި ހިޔާވަހި ފައިނޭންސިން ޕްރޮގްރާމްގެ ސްކީމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

މިދިޔަ ނޮވެމްބަރު މަހުގެ އަށް ވަނަ ދުވަހު، އެ ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިއިރު، އެ މުއްދަތު މިމަހުގެ އަށް ވަނަ ދުވަހަށް ވަނީ ހަމަވެފަ އެވެ.

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިރޭ ކުރެއްވި އެކްސްގައި ޕޯސްޓެއްގައި ވިދާޅުވީ މި ޕްރޮގްރާމްގެ ތިން ސްކީމަށް އެދި ހުށަހެޅުމުގައި ކުރެހުމާއި ބީއޯކިއު، ހުށަހަޅަން ޖެހޭތީ އެ ކަމަކީ ވަގުތު ނަގާ ކަމަށްވާތީ މި ޕްރޮގްރާމްގެ މުއްދަތު އިތުރުކޮށް ދިނުމަށް ވަރަށް ގިނަ ފަރާތް ތަކުން އެދެމުން އަންނަ ކަމަށެވެ.

އެހެން ކަމުން މި ޕްރޮގްރާމްގެ ސްކީމް ތަކަށް އެދި ހުށަހެޅުމުގެ މުއްދަތު މޭ މަހުގެ 31 ގެ ނިޔަލަށް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހިޔާވަހި ފައިނޭންސިން ޕްރޮގްރާމުގައި ހިމެނެނީ މުޅިއެކު ތިން ސްކީމެކެވެ. އެއީ ރަށްވެހި ފައިނޭންސިން ސްކީމް އާއި ސަހަރު ފައިނޭންސިން ސްކީމް، އަދި ފަހިމާލެ ފައިނޭންސިން ސްކީމެވެ.

މީގެ ތެރެއިން އަތޮޅު ތަކުން ހުށަހަޅާ ފަރާތް ތަކަށް ރަށްވެހި ފައިނޭންސިން ސްކީމުގެ ދަށުން އެއް މިލިއަން ރުފިޔާ، އާބަން ސެންޓަރު ތަކުން ސަހަރު ފައިނޭންސިން ސްކީމަށް އެދި ހުށަހަޅާ ފަރާތް ތަކަށް ތިން މިލިއަން ރުފިޔާގެ އިތުރުން، މާލެ ސަރަހައްދަށް ހާއްސަ ފަހިމާލެ ފައިނޭންސިން ސްކީމަށް ހަ މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ލިބޭނެ އެވެ.

މާލެ ސަރަހައްދަށް ހުޅުވައިލި ފުރުސަތުގައި، ގޭގެ ބެހެނިވެރީންނާއެކު އެކުވެގެން ހަ މިލިޔަން ރުފިޔާއިން ފަށައިގެން 10 މިލިޔަން ރުފިޔާއާ ހަމައަށް ފައިނޭންސަށް އެދެވޭނެ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

16 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy