ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު -- ފޮޓޯ/ ރައީސް އޮފީސް
އެމަނިކުފާނު މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅަކީ ރާއްޖެއާއި މެލޭޝިއާގެ ގުޅުން ބަދަހި ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު ބިން އިބްރާހިމްގެ ދައުވަތަކަށް މިމަހުގެ 27 އިން 30 އަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ޒަމީރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ޒަމީރު ވިދާޅުވީ މި ދަތުރަކީ ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް ލިބުނު މުހިންމު ފުރުސަތެއް ކަމަށާއި، ދަތުރުގައި މަތީ ފެންވަރުގެ މަޝްވަރާ ތަކާއި، އެއްބާރުލުން ދިނުމާއި ގުޅުންހުރި އެއްބަސްވުން ތަކުގައި ސޮއި ކުރައްވައި އެކްސްޗޭންޖް އޮފް ނޯޓްސް (އީއޯއެން) ވެސް ބަދަލުކުރެވިފައިވާ ކަމަށެވެ.
މީގެ އިތުރުން މޯލްޑިވްސް-މެލޭޝިއާ ބިޒްނަސް ފޯރަމް 2025 ގައި ތަގުރީރު ކުރައްވަމުން ރައީސް މުއިއްޒު ވަނީ ރާއްޖޭގައި އުފެދިފައިވާ ވިޔަފާރީގެ އާ ފުރުސަތު ތަކުގެ ބޭނުން ކުރެއްވުމަށް މެލޭޝިއާގެ އިންވެސްޓަރުންނަށް ގޮވާލައްވާފައި ކަމަށްވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
އަދި މި ދަތުރުގެ ތެރެއިން މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލު ކުރައްވައި، އެ ގައުމުގައި ދިވެހި އައިޑީ ކާޑު އަދި އީ-ޕާސްޕޯޓުގެ ހިދުމަތްތައް ވެސް ތައާރަފު ކޮށްދެއްވާފައިވާކަން ޒަމީރު ފާހަގަ ކުރެއްވި އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް