މެލޭޝިއާއަށް ކުރެއްވި ދަތުރަށްފަހު ރައީސް މާލެ ވަޑައިގެންފި – ފޮޓޯ/ ރައީސް އޮފީސް
މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު މާލެ ވަޑައިގެންފި އެވެ.
އެ މަނިކުފާނުގެ މި ދަތުރުފުޅަކީ މެލޭޝިއާގެ ބޮޑުވަޒީރު ޔާންގް އަމަތް ބަރހޮރމަތް ޑާޓޯ ސެރި އަންވަރު ބިން އިބްރާހީމްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.
ރައީސްގެ މި ދަތުރުފުޅުގައި މެލޭޝިއާއަށް ވަޑައިގަތުމުން މި މަހުގެ 28 ވީ ހޯމަ ދުވަހު ޕުތްރަޖާޔާގައި ވަނީ އެ މަނިކުފާނަށް ރަސްމީ ގޮތުން މަރުހަބާ ދަންނަވާފަ އެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރައްވައި، އެ މީހުންގެ ހާލު ބައްލަވާފަ އެވެ. ބައްދަލު ކުރެއްވުމުގައި އެ މަނިކުފާނު ވަނީ އަންނަ އަހަރުން ފަށައިގެން ކޮންމެ އަހަރަކު ވެސް ދައުލަތުގެ ބަޖެޓުން މެލޭޝިއާގައި ކިޔަވާ ދަރިވަރުންގެ "މޯލްޑިވިއަން ސްޓޫޑަންޓްސް އެސޯސިއޭޝަން" އަށް 3،000 އެމެރިކާ ޑޮލަރަށްވާ މެލޭޝިއާ ރިންގިޓް ޖަމާ ކުރެއްވުމަށް ނިންމަވާފައިވާކަން އިއުލާން ކުރައްވާފަ އެވެ.
އެ ހަފުލާގައި، ރައީސް ދިވެހި އައިޑީ ކާޑުގެ ހިދުމަތާއި، ދިވެހި އިލެކްޓްރޯނިކް ޕާސްޕޯޓްގެ ހިދުމަތް މެލޭޝިއާގައި ރަސްމީކޮށް ފައްޓަވައިދެއްވައި އަދި "މޯލްޑިވިއަން ސްޓޫޑަންޓްސް އެސޯސިއޭޝަން" އިފްތިތާހު ކޮށްދެއްވި އެވެ.
މި ދަތުރުފުޅުގެ ތެރޭގައި މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ (އައިއައިޔޫއެމް) ގެ ފަރާތުން ރައީސަށް "އިސްލާމިކް ލީޑަޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓް" ގެ ދާއިރާއިން ޑޮކްޓަ އޮފް ފިލޯސަފީގެ އޮނޮރަރީ ޑިގްރީއެއް އެރުވުން ހިމެނެ އެވެ.
އޮނޮރަރީ ޑޮކްޓަރޭޓްކަމުގެ ޝަރަފު ގަބޫލުފުޅު ކުރައްވައި ރައީސް ވަނީ "އިންޓެލެކްޗުއަލް ރިނައަސާންސް: އަންވެއިލިން ދަ ސައިންޓިފިކް އެންޑް މޮޑަން ޑިވެލޮޕްމަންޓް އޮފް ދަ އިސްލާމިކް ސިވިލައިޒޭޝަން،" މި މައުލޫއަށް ތަގުރީރެއް ކުރައްވާފަ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް