އަބަދަށް ފިލްމުގެ ޕޯސްޓަރު --
މޫމިން ފުއާދުގެ ދިވެހި ފިލްމު "އަބަދަށް" ރެޑް ކާޕެޓް ހަފުލާއާއެކު އޮލިމްޕަހުގައި ރޭ ޕްރިމިއާ ކޮށްފި އެވެ. މުޖުތަމައުގެ ތެރޭގައި ހިނގަމުންދާ މައްސަލަތަކެއް ދައްކުވައިދޭ މި ފިލްމު ޕްރިމިއާ ކުރީ ވަރަށް ކުލަ ގަދަ ރަސްމިއްޔާތަކާއެކުގަ އެވެ.
އޮލިމްޕަހުގައި ބޭއްވި މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ ޕްރޮޑިއުސަރު އަބްދުލް މުހައިމިން އެވެ. ރޭގެ ރަސްމިއްޔާތުގައި ފިލްމުގެ ކާސްޓާއި ކުރޫގެ އިތުރުން ފިލްމީ ދާއިރާގެ ގިނަ ފަންނާނުން ބައިވެރިވި އެވެ.
"އަބަދަށް" ފިލްމުގެ ފުރަތަމަ ޝޯ ބެލި ހުރިހާ ބެލުންތެރީންހެން ފިލްމަށް ތައުރީފު ކުރި އެވެ. ބައެއް މީހުން ބުނި ގޮތުގައި ދެވަނަ ފަހަރަށް ވެސް ފިލްމު ބަލާލަން ބޭނުންވެ އެވެ. އެކަމަށް އެންމެ ބާރުދޭ ކަމަކީ މި ފިލުމު ބަލަން ވަދެފައި ނިކުންނަ މީހުންގެ ދޫދޫ މަތިން އެ ފިލްމުގެ ވަރުގަދަ ޑައިލޮގް ތަކުގެ ވާހަކަ އިވުމެވެ. ފިލްމު ނިމުމުން މުޅި ސިނަމާ ތެރޭ ތަރުހީބުގެ އަތްތިލަބަޑީގެ އަޑު އިވުމެވެ.
ފިލްމުގެ ޕްރޮޑިއުސަރު ހުސެއިން ނުރައްދީން (ނޫރު) ނާސިރު ބުނީ ފިލްމަށް އާންމުންގެ ފަރާތުން ލިބުނު ތަރުހީބާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި މި ފިލްމުގެ ދެ ވަނަ ބައެއް ގެނެސްދޭނީ ކޮން އިރަކުންތޯ ވަރަށް ގިނަ ބަޔަކު ސުވާލު ކުރި ކަމަށް ނޫރު ބުންޏެވެ.
"މީހުންގެ ޕޮޒިޓިވް ކޮމެންޓު ވަރަށް ގިނަ، ބޭޑް ކޮމެންޓެއް އަދި އެއްވެސް މީހަކު ނުކުރެ، ހީކުރި ވަރަށްވުރެ ވެސް ފިލްމަށް ލިބުނު ތަރުހީބު ބޮޑު، ޓިކެޓަށް ވެސް ވަރަށް ޑިމާންޑު އެބައޮތް. މިއަދު އަނެއްކާ އިތުރު ހަތަރު ޝޯ އަޅުގަނޑުމެން މި ހުޅުވާލީ، ކުރިން ވިއްކަން ފެށީ ހަ ޝޯ، ޖުމުލަ 10 ޝޯގެ ޓިކެޓް މިހާރު ވިއްކަމުން މި ގެންދަނީ، ނޫރު ބުންޏެވެ.
މަޝްހޫރު ޑައިރެކްޓަރު މޫމިން ފުއާދު ލިޔެ، ޑައިރެކްޓް ކޮށްފައިވާ ނޫރު އެން މޫވީސްގެ އައު ދިވެހި ފިލްމު އަބަދަށް ގެ ކާސްޓުންނަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އިސްމާއީ ރަޝީދު (ކޮޕީ އިއްސެ) އާއި ވާޝިޔާ މުޙައްމަދު އާއި ޝާރިފް އަހުމަދުގެ އިތުރުން ސޫޒަން އިބްރާހީމްފުޅެވެ.
މި ފިލްމުގެ ޕްރޮޑަކްޝަން ހުރިހާ މަސައްކަތް ތަކެއް މި ފަހަރު ކޮށްފައި ވަނީ މިވަގުތު ރާއްޖޭގެ ފިލްމީ ދާއިރާގައި ފިޔަ ޖަހަމުން އަންނަ ޕްރޮޑަކްޝަން ހައުސް އޯކޭޒް އިންކިންނެވެ. އަދި ފިލްމުގެ ސިނަމެޓޯގްރެފީ ބެލެހެއްޓީ ދާއިރާއިން ތަޖުރިބާ ހާސިލު ކޮށްގެން ހުރި ކުޅަދާނަ ކެމެރާމަން ކަނޑި އިބްރާހިމް ވިސާން އެވެ.
މޫމިން ފުއާދު ޑައިރެކްޓް ކޮށްފައިވާ ކާމިޔާބު ފިލްމު ތަކުގެ ތެރޭގައި ހޭލާ، އާއި ލޫދިފާ، ހޭޕީ ބާތުޑޭ އަދި ނިވައިރޯޅި ފާހަގަކޮށްލެވެ އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް