ރައީސް މުއިއްޒު މެލޭޝިޔާގެ އައިއައިޔޫއެމް ގައި ތަގުރީރު ކުރައްވައިފި

ރައީސް މުއިއްޒު މެލޭޝިޔާގެ އައިއައިޔޫއެމްގައި ތަގުރީރު ކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު، މެލޭޝިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިޔާ (އައިއައިޔޫއެމް) ގައި ތަގުރީރު ކުރައްވައިފި އެވެ.

އައިއައިޔޫއެމްގައި އެ މަނިކުފާނު ތަގުރީރު ކުރެއްވީ "އިންޓެލެކްޗުއަލް ރިނައަސާންސް: އަންވެއިލިން ދަ ސައިންޓިފިކް އެންޑް މޮޑަން ޑިވެލޮޕްމަންޓް އޮފް ދަ އިސްލާމިކް ސިވިލައިޒޭޝަން" މި މައުލޫ އަށެވެ.

މި ތަގުރީރުގައި އެ މަނިކުފާނު ވަނީ، ޒަމާނީ އިސްލާމީ ނަހަޟާއެއްގެ ތަސައްވުރު ހިއްސާ ކުރައްވާފަ އެވެ. އެ ގޮތުން ވަނީ، އިސްލާމީ އުންމަތުގެ ފަހުރުވެރި، ސައިންސްވެރި ކަމުގެ މީރާސް ދިރުވައި އާލާ ކުރުމަށް ގޮވާލައްވާފަ އެވެ. އަދި އެ މަނިކުފާނު ވަނީ، މި ދާއިރާގައި އިސްލާމީ ތާރީހުން ފެންނާން ހުރި ކާމިޔާބީ ތަކަށް އިޝާރާތް ކުރައްވައި، ކުރިމަގުގައި ހޯދިދާނޭ ކުރިއެރުން ތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.

އިސްލާމީ ހަޟާރަތުގެ ރަން ޒަމާނުގެ ގޮތުގައި ސިފަ ކުރެވޭ އަށް ވަނަ ގަރުނާއި ސާދަ ވަނަ ގަރުނާ ދެމެދުގެ ދުވަސްވަރު، ބައިނަލްއަގުވާމީ އުފެއްދުންތެރި ކަމާއި އިލްމުގައި ނަގާ ކިޔާފައި ވަނީ އިސްލާމީ ހަޞާރާތުންކަން އެ މަނިކުފާނު ހަނދާން ކޮށްދެއް ވިއެވެ. އަދި އޭރު، އިލްމު އުނގެނުމަކީ މުގައްދަސް ޒިންމާއެއް ކަމަށް ދެކިގެން، އެ ކަމަށް ބާރުދޭ މިސްކިތް ތަކާއި، ކުތުބުހާނާ ތަކާއި ހޮސްޕިޓަލް ތަކާއި ޔުނިވާސިޓީ ތަކުގެ ވިއުގަތައް ގާއިމު ކޮށްފައި ހުރިކަން އެ މަނިކުފާނު ހަނދާން ކޮށްދެއްވި އެވެ.

އެ ގޮތުން ޒަމާނީ، ފިކުރީ ނަހަޟާއެއްގެ ހުޅުކޮޅު ރޯ ކުރެވޭނީ، ޒުވާނުން ބާރުވެރިކޮށް، ޒުވާނުންގެ ބައިވެރިވުމާ އެކުގައި ކަން އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.

މިކަން ކުރުމަށް ޓަކައި، ދުނިޔޭގެ ފެންވަރުގެ ޔުނިވާސިޓީ ތަކާއި، ދިރާސާ ކުރާ މުއައްސަސާ ތަކާއި، ޑިޖިޓަލް މަންސަތައް ގާއިމު ކުރުމަށް ވުނަ ކުރަން ޖެހޭކަން އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ. އަދި ސައިންސާއި އަގީދާއަކީ ތައާރުޒުވާ ދެ ބަހާ ކަމުގައި ކުރާ ކުށްހީއަށް ގޮންޖައްސަވައި، އެއީ ކުރިއެރުމުގެ ބިންގާ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން، އިސްލާމީ ގައުމު ތަކުގެ މެދުގައި އެއްބާރުލުން އިތުރު ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ވެސް އެ މަނިކުފާނު އަލިއަޅުއްވާލެއްވި އެވެ. އެގޮތުން، އެއް ގައުމަށް ވުރެ، ގިނަ ގައުމުން ބައިވެރިވާ ރިސާޗް ހަބު ތަކާއި، އިނޮވޭޝަން އިންކިއުބޭޓާ ތަކާއި، ބައިވެރިވުން އޮންނަ އެ ފަދަ އެނޫން ވެސް މަންސަތައް ގާއިމުވެފައި ހުރުން މުހިންމުކަން އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ސައިންސާއި، ދެމެހެއްޓެނިވި އުޞޫލުތަކާއި، އަހުލާގިއްޔަތާމެދު ބައިނަލްއަގުވާމީ ފެންވަރެއްގައި ސިޔާސަތުތައް ބައްޓަން ކުރެވޭނޭ ފަދަ މަޝްވަރާތައް އުފަން ކުރުމުގައި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން އިސް ނެންގެވުމަށް ވެސް އެ މަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި، އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ މުސީބާތް ތަކަށް ވެސް އަލިއަޅުއްވާލެއްވި އެވެ. އެ ގޮތުން، އިސްރާއީލުގެ އަމަލުތައް ކުށްވެރި ކުރައްވައި އެ އަމަލު ތަކުގެ ނޭދެވޭ އަސަރުތައް ފޯރަމުންދާ އެންމެންނާ އެކުގައި ހުންނެވިކަން އެ މަނިކުފާނު ހާމަ ކުރެއްވި އެވެ. އަދި އިސްލާމް ދީނަކީ، އަމަން އަމާން ކަމާއި، އޯގާތެރި ކަމާއި، އިލްމާއި، އަދުލު އިންސާފަށް ގޮވާލާ ދީނެއްކަން ފާހަގަ ކުރައްވައި، ކޮންމެ މުސްލިމު ދަރިއަކަށް ވެސް އިލްމު އުނގެނި، ކުރި އަރައި، އިސްވާރަކަށް ވެވޭނޭ ފަދަ މުސްތަގުބަލެއް ގާއިމު ކުރެއްވުމަށް އެ މަނިކުފާނު ގެންގުޅުއްވާ ތަސައްވުރު ހިއްސާ ކުރައްވާފައިވެ އެވެ.

އިސްލާމީ ހަޟާރަތުގެ މީރާހަށް ހައްގު ޝަރަފު ހޯދައިދޭން އަޒުމު ކަނޑައަޅައިފި ނަމަ، ސިއްހީ ދާއިރާ ގައްޔާއި، ހަކަތައިގެ ދާއިރާގެ އިތުރުން ކުއަންޓަމް ކޮމްޕިއުޓިން ފަދަ، ދާއިރާ ތަކުގައި ވެސް އިންގިލާބީ ހޯދުންތައް ހޯދުމުގެ ފުރުސަތު އެބައޮތް ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ، އައިއައިޔޫއެމްގެ އިސްވެރިންނާއި ފެކަލްޓީ އާއި ދަރިވަރުން އެ މަނިކުފާނަށް ވިދާޅުވި ހޫނު މަރުހަބާއަށް ޓަކައި ޝުކުރު އަދާ ކުރައްވާފަ އެވެ. އަދި އެ ޔުނިވާސިޓީން އެ މަނިކުފާނަށް އެރުވި ޝަރަފު ރަމްޒުކޮށްދެނީ، އިސްލާމީ އުންމަތުގެ ކުރިއެރުމަށް ޓަކައި ޖަމައީ ގޮތެއްގައި ހިއްސާކުރާ އަޒުމު ކަމުގައި އެ މަނިފާނު ވިދާޅުވި އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

24 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy