ސަންވޭ ގުރޫޕުގެ ޗެއާމަން ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
ސަންވޭ ގުރޫޕުގެ ފައުންޑާ އަދި ޗެއާމަން ޑރ. ޖެފްރީ ޗެއާ އޭއޯ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
މި ބައްދަލު ވުން އޮތީ ރައީސް މެލޭޝިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ބައްދަލު ކުރެއްވުމުގައި ރާއްޖެއާއި ސަންވޭ ގްރޫޕާ ދެމެދު ގުޅުން ބަދަހި ކުރެވިދާނެ ދާއިރާތައް ދެނެގަތުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެ ވެ.
އެ ގޮތުން ރައީސް ވަނީ ވަޒީފާ އަދާ ކުރަމުން އިތުރު ތަމުރީނު ހޯދުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއި ގުޅިގެން މި ފަދަ ތަމްރީނުތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތްކަން ފާހަގަ ކުރައްވާފަ އެވެ. އަދި ފަތުރުވެރި ކަމާއި ތައުލީމާއި ސިއްހީ ދާއިރާގައި ހުރި އެކިއެކި ފުރުސަތު ތަކުގެ މައްޗަށް ވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ.
މި ބައްދަލު ކުރެއްވުމުގައި، ޑރ. ޖެފްރީ ޗެއާ އޭއޯ ވަނީ ސަންވޭ ގްރޫޕްގެ އޮޕަރޭޝަން ތަކާއި ތަޖުރިބާ ހުރި ދާއިރާ ތަކުގެ ތަފުސީލު ރައީސް އާ ހިއްސާ ކުރައްވާފަ އެވެ.
އޭގެ އިތުރުން ސަންވޭ ގުރޫޕުގެ ފަރާތުން ވަނީ ރާއްޖޭގައި އިންވެސްޓު ކުރުމުގެ ފުރުސަތުތައް ހުރި ގޮތާއި، ފޮރިން އިންވެސްޓަރުންނަށް ހުޅުވިފައިވާ ހާއްސަ ފުރުސަތު ތަކާއި، ޓެކްސްގެ ސިޔާސަތާއި، ވިސާ އާބެހޭ މައުލޫމާތާއި، ފައިސާގެ މުއާމަލާތް ތަކާއި އަދިވެސް އެހެނިހެން މި ދާއިރާއާއި ގުޅުންހުރި ކަންކަމުގެ މައުލޫމާތު ސާފު ކުރައްވާފަ އެވެ.
މި ކަންކަމުގެ އިތުރުން ވެސް، ރާއްޖެއަށް ޒިޔާރަތްކޮށް، ރާއްޖޭގައި ހުރި އިންވެސްޓްމަންޓު ފުރުސަތު ތަކާބެހޭ އިތުރު މައުލޫމާތު ހޯއްދެވުމުގެ ޝައުގުވެރިކަން އެ ބޭފުޅުން ފާޅު ކުރެއްވި އެވެ.
މި ބައްދަލު ކުރެއްވުން ނިންމަވާލެއްވީ ފާގަތި ކުރިމަގަކަށް އުއްމީދު އައު ކުރައްވަމުންނެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް