ޝަރީއަތް ނިމެންދެން ޝަމްއާން ބަންދު ކުރަން ކުރި އަމުރު ހައިކޯޓުން ދަމަހައްޓައިފި

ކުރީގެ ކޮންޓްރޯލަރު އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން --

އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރެލްގެ މަގާމުގައި ކުރިން ހުންނެވި ޝަމްއާން ވަހީދު، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރަށް ހައި ކޯޓުން ވެސް ތާއީދު ކޮށްފި އެވެ.

ޝަމްއާންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރަން ނިންމުމަށްފަހު، އެ ނިންމުން ބަދަލުކޮށް، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ކުރި އެވެ.

އެހެންވެ، ޝަމްއާންގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ޝަރީއަތް ނިމެންދެން ބަންދު ކުރަން ނިންމި ނިންމުން ރަނގަޅު ކަމަށް ކަނޑައަޅައި އެ ނިންމުމަށް ތާއީދު ކޮށްފަ އެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ ޝަމްއާން ހައްޔަރު ކުރީ ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދި ކަމުގެ ތުހުމަތުގަ އެވެ.

ފުލުހުން ބުނެފައި ވަނީ އިމިގްރޭޝަންގެ ޓާސްކް ފޯސް އަދި ރިސްކް މެނޭޖުމެންޓް ސެކްޝަން ފިޔަވައި، އެހެން ސެކްޝަން ތަކެއްގައި މަސައްކަތް ކުރާ މުވައްޒަފުން ތަކެއް، އެ މުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކޮށްގެން ބިދޭސީން ދިރިއުޅެމުންދިޔަ ގެއެއް ބަލައި ފާސްކޮށް، އޭގެ އެއް ދުވަސް ފަހުން، ޝައްމާންގެ އަމުރަށް އެ ގެއިން ފެނުނު 530،000 ރުފިޔާއާއެކު، ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު، ދަންވަރުގެ ވަގުތެއްގައި ބަންދުން ދޫކޮށްލާފައިވާކަން  ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ޝައްމާން ދިރިއުޅޭ ގެ ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ފައިސާއާއެކު އިލެކްޓްރޮނިކް ސާމާނު ތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy