--
ރާއްޖޭގައި ހުރި އިންވެސްޓްމެންޓްގެ ފުރުސަތުތަކާއި ބެހޭ ގޮތުން މެލޭޝިޔާގެ ބަރޖާޔާ ކޯޕަރޭޝަންގެ އިސް ވެރީންނާ ރައީސް ޑރ. މުޙައްމަދު މުއިއްޒު މަޝްވަރާ ކުރައްވައިފި އެވެ.
މި މަޝްވަރާތައް ކުރިއަށް ގެންދިޔައީ ބަރޖާޔާ ކޯޕަރޭޝަން ބަރހާދްގެ ފައުންޑާ އަދި އެޑްވައިޒަރު، ވިންސެންޓް ޓަން ޗީ ޔިއޫޏް، ރައީސްގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގައި މެލޭޝިއާގެ އިންވެސްޓަރުންނާއި ވިޔަފާރި ތަކަށް ހުރި ފުރުސަތު ތަކުގެ މައްޗަށް ރައީސް އަލިއަޅުއްވާލެއްވި އެވެ. އަދި، އެ ފަދަ ފުރުސަތު ތަކަށް ރާއްޖެ އޮތީ ހުޅުވިފައި ކަމަށާއި ރާއްޖޭގައި އިންވެސްޓް ކުރަން ޝައުގުވެރިވާ ފަރާތް ތަކަށް މަރުހަބާ ކިޔާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
އެ ކޯޕަރޭޝަންގެ އެޑްވައިޒަރު ވަނީ އެކޯޕަރޭޝަނުން މިހާތަނަށް ހިންގާފައިވާ މަޝްރޫއު ތަކުގެ ތަފުސީލު ރައީސާ ހިއްސާ ކުރައްވާފަ އެވެ. އަދި، އެ ކޯޕަރޭޝަންގެ ޕޯޓްފޯލިއޯ ފުޅާ ކުރެވޭނެ ގޮތްތަކާއި މެދުވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި އެވެ.
ރައީސްގެ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ފަތުރުވެރި ކަމުގެ ދާއިރާގައި ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރެވޭނެކަން ވެސް ވަނީ ހާމަ ކުރައްވާފަ އެވެ.
މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ރާއްޖޭގައި އިންވެސްޓް ކުރުމަށް ހުރި ފުރުސަތު ތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި އެ ކަމާގުޅޭ މައުލޫމާތުތައް ހިއްސާ ކުރައްވާފަ އެވެ. އަދި، ރާއްޖޭގައި ވިޔަފާރި ކުރުމަށް ހުރި ފަސޭހަތަކާއި ބޭރުގެ އިންވެސްޓަރުންނަށް ފޯރުކޮށްދެވޭ ލުއި ތަކުގެ މައްޗަށް ވެސް ވާހަކަފުޅު ދައްކަވާފައިވެ އެވެ.
މީގެ އިތުރުން، ރާއްޖޭގައި އިންވެސްޓް ކުރެވޭނެ ދާއިރާ ތަކާއި، ވަޔާއި ކަނޑުގެ މަގުން ރާއްޖެ ގުޅިފައިވާ މިންވަރުގެ މައްޗަށް ވަޒީރުން ވަނީ އަލިއަޅުއްވާލައްވާފަ އެވެ. އަދި، ވަޔާއި ކަނޑުގެ މަގުން ރާއްޖޭގެ ކަނެކްޓިވިޓީ އިތުރަށް ފުޅާ ކުރުމަށް ސަރުކާރުން ފައްޓާފައިވާ މަޝްރޫއުތަކާއި ބެހޭ ގޮތުން ވެސް އެ ބޭފުޅުން ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.
ބަރޖާޔާ ކޯޕަރޭޝަންގެ އެޑްވައިޒަރުގެ އިތުރުން، މި ބައްދަލުވުމުގައި، އެ ކޯޕަރޭޝަންގެ ގްރޫޕް ޗީފް އެގްޒެކެޓިވް އޮފިސަރު، ސަޔެދް އަލީ ޝަހުލް ހަމީދުގެ އިތުރުން، އެތަނުގެ ފައުންޑާ އަދި އެޑްވައިޒަރުގެ އެގްޒެކެޓިވް އެސިސްޓަންޓް މޮރީސް ޑެނިއެލް ޗެން ބައިވެރިވެވަޑައިގެންނެވި އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް