ރައީސް ޑރ. މުއިއްޒު، މެލޭޝިޔާގައި އުޅޭ ދިވެހީންނާ ބައްދަލުކުރެއްވުން --
ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހި ދަރިވަރުން، އިސްލާމްދީނުގެ އުސޫލުތަކާއި ދިވެހި ވަންތަކަން ހިފެހެއްޓުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒ އިލްތިމާސްކުރައްވައިފި އެވެ.
އެ މަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ، މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އިސްލާމްދީނުގެ އުސޫލުތަކަށް އަމަލުކޮށް، ފަހުރުވެރި ދިވެހިންގެ ގޮތުގައި އަދި ދިވެހިވަންތަ ކަމުގައި ދިވެހި ޒުވާނުން ދެމިތިބުމަށް އިލްތިމާސް ކުރައްވާފަ އެވެ. އެކި ކަންކަމުގައި، އެހެން ގައުމު ތަކުގައި ވަޒަންވެރިވެ ދިރިއުޅޭއިރު، ދީނުގެހަމަތައް ދޫކޮށްލެވޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އިސްލާމްދީނުގައި އޮންނަ ހުދޫދު ތަކުން ބޭރުވާ ނަމަ، ލިބޭނެ އެއްވެސް އުފަލެއް ނެތް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ދަރިވަރުންގެ ތައުލީމީ ކުރިއެރުމަށް ހިތްވަރު ދެއްވައި، އަމިއްލަ ނަފްސާއި، އާއިލާއާއި، ގައުމަށް ރީތި ނަން ހޯދައިދިނުމަށް ބާރު އެޅުއްވި އެވެ.
އަދި، ބޭރު ގައުމު ތަކުގައި ދިރިއުޅޭ ދިވެހި އާއިލާތަކުން، ދިވެހިންގެ އެއްބައިވަންތަ ކަމުގެ އުސޫލުތައް ނަގަހައްޓައި، އެކުވެރިކަން އާލާ ކުރުމަށް ވެސް އެ މަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ދައުލަތުގެ ޒިންމާއަކީ، ދުނިޔޭގެ ކޮންމެ ތަނެއްގައި ދިވެހީން ދިރިއުޅުނު ނަމަވެސް، ހަމަހަމަކަމާއެކު ހިދުމަތް ފޯރުކޮށްދިނުން ކަމުގައި ވިދާޅުވި އެވެ. މިހަފުލާގައި، އެމަނިކުފާނު ވަނީ ދިވެހި އައިޑީ ކާޑުގެ ހިދުމަތާއި، ދިވެހި އިލެކްޓްރޯނިކް ޕާސްޕޯޓްގެ ހިދުމަތް މެލޭޝިއާގައި ރަސްމީކޮށް ފައްޓަވައިދެއްވައި އަދި "މޯލްޑިވިއަން ސްޓޫޑަންޓްސް އެސޯސިއޭޝަން" އިފްތިތާހު ކޮށްދެއްވާފަ އެވެ.
އަދި، ދިވެހި ދަރިވަރުންނަށް ކަންކަން ފަސޭހަކޮށްދިނުމުގެ ގޮތުން، އަންނަ އަހަރުން ފެށިގެން ދައުލަތުގެ ބަޖެޓުން މެލޭޝިއާގައި ހުންނަ 'މޯލްޑިވިއަން ސްޓޫޑަންޓްސް އެސޯސިއޭޝަން' އަށް ކޮންމެ އަހަރަކުވެސް 3،000 އެމެރިކާ ޑޮލަރަށްވާ މެލޭޝިއާ ރިންގިޓް ޖަމާ ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ވެސް ރައީސް އިއުލާން ކުރެއްވި އެވެ.
މީގެއިތުރުން، ދިވެހިންނަށް ފޯރުކޮށްދޭ ކޮންސިއުލާ ހިދުމަތް އިތުރަށް ފުޅާކޮށް، ފުރިހަމަ ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް