--
ރާއްޖޭގެ 13 ރަށެއްގެ 14 ކައުންސިލް މުވައްޒަފުން ކުނި އަދި ވަސީލަތްތައް މެނޭޖު ކުރުމުގެ ޓެކްނިކަލް ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް އިންޑިޔާއަށް ފުރައިފި އެވެ. މި މުވައްޒަފުންނަކީ ޒޯން 2، 4 އަދި 5 ގެ ރަށްތަކުން ބައިވެރިވާ ފަރާތްތަކެވެ.
މުވައްޒަފުން ފުރުމުގެ ކުރިން، ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ނިޒާމް ވަނީ ބައިވެރިންނާ ބައްދަލުކޮށް، އެ ފަރާތްތަކަށް ހެޔޮ އެދުންތައް ފާޅުކޮށް، މި މުހިންމު ފުރުސަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް ބާރު އަޅުއްވާފަ އެވެ.
ހަތަރު ދުވަހުގެ މި ޕްރޮގްރާމް ކުރިއަށްދާނީ މިމަހުގެ 29 އިން މެއި 2 އަށް، އިންޑިޔާގެ އައި.ސީ.ޑަބްލިއު.އެމް.އާރު، ޓީ.އީ.އާރް.އައި ސުކޫލް އޮފް އެޑްވާންސްޑް ސްޓަޑީޒްގަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މި ތަމްރީނުން ބައިވެރިންގެ ކުނި މެނޭޖު ކުރުމުގެ ހުނަރު އިތުރުވެ، އެ ފަރާތް ތަކުގެ ރަށްތަކުގައި ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ކުނި މެނޭޖު ކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ރާއްޖޭގެ ރަށްތަކުގައި ކުނި މެނޭޖު ކުރުމުގެ ނިޒާމު ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ހިމާޔަތް ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި އުއްމީދަކީ މި ތަމްރީނުން ލިބޭ މައުލޫމާތާއި ތަޖުރިބާ ބޭނުން ކޮށްގެން، ބައިވެރިވާ ރަށްތަކުގައި ކުނި މެނޭޖު ކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ރަށްރަށުގެ ތިމާވެށި ސާފުތާހިރުކޮށް، ބެލެހެއްޓުމަށް އެހީތެރިވެދިނުމެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް