--
ރާއްޖޭގައި އުފެދިފައިވާ ވިޔަފާރީގެ އާ ފުރުސަތު ތަކުގެ ބޭނުން ހިފައި، ރާއްޖެއަކީ މިހާރަށް ވުރެ ވަރުގަދަ، ވިޔާފާރި ތަކަށް ފަހި އަދި މުސްތަގުބަލަށް ތައްޔާރުވެފައިވާ ގައުމަކަށް ހެދުމަށް ގެންގުޅޭ ތަސައްވުރުގައި ބައިވެރިވުމަށް، މެލޭޝިއާގެ ވިޔަފާރި ތަކަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ދައުވަތު ދެއްވައިފި އެވެ.
ރައީސް މި މޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ، އެ މަނިކުފާނު މެލޭޝިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރިއަށްގެންދިޔަ މޯލްޑިވްސް މެލޭޝިއާ ބިޒްނަސް ފޯރަމް 2025 ގައި ތަގުރީރު ކުރައްވަމުންނެވެ.
މި ސަރުކާރުން ކުރިއަށްދަނީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިދިނުމުގެ އަޒުމުގައިކަމުގެ ޔަގީންކަން ދެއްވަމުން އެ މަނިކުފާނު ވަނީ، ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށާއި މުވައްސަސާތައް ހަރުދަނާ ކުރުމަށާއި ދިވެހި ޖަޒީރާ ތަކަށް ލިބިފައިވާ ވަސީލަތް ތަކުގެ ފުރިހަމަ ބޭނުން ހިފޭނޭ މަގުފަހި ކުރުމަށް މި ސަރުކާރުން ވެފައިވާ ވައުދު ތަކަކީ އެ މަނިކުފާނު ހާއްސަ އަހަންމިއްޔަތުކަން ދެއްވާ ކަންތައްތައްތަކެއް ކަމަށް ވިދާޅުވެފަ އެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި ވަނީ، ރާއްޖޭގެ މިނިވަން ކަމަށް 75 އަހަރު ފުރޭ 2040 ވަނަ އަހަރާ ރާއްޖެ ބައްދަލު ކުރާނީ ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ކަމަށް ހެދުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމަށް، މެލޭޝިއާގެ ވިޔަފާރި ތަކަށް ދައުވަތު ދެއްވާފަ އެވެ.
ރާއްޖެއިން މި ތަސައްވަރުކުރާ ބަދަލަކީ އެކަނި ގެނެވޭނޭ ބަދަލެއް ނޫންކަން ފާހަގަ ކުރައްވަމުން އެ މަނިކުފާނު ވަނީ، އެހީތެރިކަން ބޭނުންވާ ދާއިރާ ތަކުން އެއް ގައުމުން އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.
މިއަދުގެ ތަގުރީރުގައި އެ މަނިކުފާނު ވަނީ، ރާއްޖޭގެ އިގުތިސާދީ ހާއްސަ ސަރަހައްދު (އީއީޒެޑް) ގައި އިންވެސްޓު ކުރުމަށް ޝައުގުވެރިކަން ހުރި ފަރާތް ތަކަށް ހުޅުވިފައިވާ ފުރުސަތުތައް ވެސް ފާހަގަ ކުރައްވާފަ އެވެ. އަދި ރާއްޖެއިން ޝައުގުވެރިވަނީ، ދެ ފަރާތަށްވެސް ފައިދާކުރަނިވި، އިތުބާރު ހިފޭ ފަދަ، ހަރުދަނާ ތަރައްގީގެ ބައިވެރީން ހޯދުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގައި ހުރި އިސްތިރާޖީ ފައިދާތަކަށް އިޝާރާތް ކުރައްވަމުން އެ މަނިކުފާނު ވަނީ، ޖޯގްރަފީ ގޮތުން ރާއްޖެ އޮންނަނީ ކަނޑުދަތުރުފަތުރުގެ މުހިންމު ސަރަހައްދެއްގައި ކަމަށް ވާތީ، ކަނޑުދަތުރުފަތުރާއި ކަނޑުދަތުރުފަތުރާ ގުޅުންހުރި ދާއިރާ ތަކުގައި އިންވެސްޓު ކުރެވިދާނޭ ކަމަށް ވިދާޅުވެފައެވެ. އަދި ދުނިޔެއަށް ނަން މަޝްހޫރު، ދިވެހި ފަތުރުވެރިކަމުގެ ދާއިރާގައި، ހާއްސަކޮށް އިކޯ ޓޫރިޒަމުގެ ދާއިރާގައި ހުރި ފުރުސަތު ތަކުގެ މައްޗަށްވެސް އެ މަނިކުފާނު އަލިއަޅުއްވާލެއްވި އެވެ.
ރައީސްގެ ތަގުރީރު ނިންމަވާލެއްވީ، ދިވެހިން މިތިބީ، ރާއްޖެއަށް ޒިޔާރަތްކުރާ މީހުންގެ ގޮތުގައްޔާއި ރާއްޖޭގެ މުސްތަގުބަލާއި ތަމައްދުނުގެ ބައިވެރިންގެ ގޮތުގައި މެލޭޝިއާގެ ރައްޔިތުންނަށް މަރުހަބާ ކިޔަން ތައްޔާރަށް ކަމުގައި ހާމަ ކުރައްވަމުންނެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް