ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގު ކުރަން އުފެއްދި ކޮމިޝަނަށް ރައީސް ޑރ. މުއިއްޒު ބަދަލު ގެންނަވައިފި — ފޮޓޯ/ ރައީސް އޮފީސް
މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު، މާލޭ ގެއެއްގެ ފުރާޅު މައްޗަށް ގަލޮޅު ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު މައްސަލަ ތަހުގީގު ކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ގަރާރަކުން އުފެއްދެވި، ހާއްސަ ކޮމިޝަނަށް އެ މަނިކުފާނު ބަދަލު ގެންނަވައިފި އެވެ.
ރައީސް، މި ބަދަލު ގެންނަވާފައިވާއިރު، އެ ކޮމިޝަނުގެ މެންބަރު ކަމުގައި ހުންނެވި، ޑރ. މުޙައްމަދު ހަބީބު، ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އެނގިފައިވާ ގޮތުގައި ހަބީބު އެ ކޮމިޝަނުން އިސްތިއުފާ ދެއްވީ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލާ އާއިލީ ގޮތުން ގުޅުން އޮންނާތީ އެވެ.
މި ބަދަލާއެކު މިހާރު ކޮމިޝަންގެ މެންބަރުންނަކީ:
1. ޑރ. މުޙައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
2. ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަހުމަދު މުޙައްމަދު، ވ. އަލްމާން
3. ޑރ. މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641
4. ޖަބީން މުޙައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ
5. އާމިނަތު އީނާސް، ހ. ހަބަރުގެ
މި ކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވާނީ ޑރ. މުނައްވަރެވެ.
ކޮމިޝަނަށް ލިބިދޭ ބާރުތަކާއި އިމްތިޔާޒުތަކުގެ ތެރޭގައި،
ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި ކޮމިޝަނުން ކުރިއަށް ގެންދާ ތަހުގީގުތަކަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން؛
ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައްޔާއި ތަޙުގީގުތަކުގައި އެހީތެރިވުމަށް ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި، ރާއްޖެއިން ބޭރުގެ ޚަބީރުންގެ އެހީތެރިކަން ހޯދުން.
ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ، ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުން؛
ހައްޔަރު އަމުރާއި، ޖިނާއީ ތަހުގީގުތަކާ ގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުގައި އެދުން؛
ހާޒިރު ކުރަންޖެހޭ ކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށްގެން ސުވާލުކުރުމާއި، މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެނޫންވެސް ހެކި ހޯދުމާއި، އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން؛
ކޮމިޝަނުން ބަލައި މައްސަލައަކާ ގުޅޭގޮތުން ކޮމިޝަން ނޫން އެހެން ފަރާތަކުން އެއްވެސް ތަހުގީގެއް ކޮށްފައިވާނަމަ، އެ ތަހުގީގަކުން ނުވަތަ އެނޫންވެސް ގޮތަކުން ހޯދައިފައިވާ ހޯދުންތަކާއި، އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި، ހެއްކާއި، ގަރީނާތަކާއި، އެނޫންވެސް މައުލޫމާތު ހޯދުން، މިއެވެ.
މި ކޮމިޝަނަކީ، ކޮމިޝަނާ މަތިކުރެވޭ މަސައްކަތްތައް ފުރިހަމަވެއްޖެ ކަމަށް ރައީސް ކަނޑައެޅުމާ ހަމަޔަށް ދެމިއޮންނާނޭ ކޮމިޝަނެއް ކަމުގައި ރައީސްގެ ގަރާރުގައި ބަޔާންކޮށްފައިވެ އެވެ.
އަނިޔާ ލިބުނު ޔުމްނު އަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ގިނަ އަދަދެއްގެ ޒުވާނުން އަންނަނީ މަގުމަތީގައި ސިލްސިލާ މުޒާހަރާ ތަކެއް ކުރަމުންނެވެ. ޒުވާނުންގެ އެންމެ ބޮޑު ޑިމާންޑަކީ މި މައްސަލައިގެ އިންސާފުވެރި ތަހުގީގެއް ކުރުމަށާއި ނޭޝަނަލް އިންޓެގްރީ ކޮމިޝަނުން މިނިވަން އިންކުއަރީއެއް މިކަމުގައި ހިންގުމަށެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް