ރާއްޖެއާއި މެލޭޝިއާއާ ދެމެދު ރަސްމީ މަޝްވަރާތައް ކުރިއަށް ގެންގޮސްފި

ރާއްޖެއާއި މެލޭޝިއާއާ ދެމެދު ރަސްމީ މަޝްވަރާތައް ކުރިއަށް ގެންގޮސްފި — ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު އާއި މެލޭޝިއާގެ ބޮޑުވަޒީރު، އަންވަރު އިބްރާހީމާއި ދެމެދު މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށް ގެންދަވައިފި އެވެ.

ދެ ގައުމުގެ އެންމެ އިސް ލީޑަރުން އިސްކޮށްތިއްބަވައިގެން ކުރިއަށް ގެންދެވި މި މަޝްވަރާތައް ބާއްވަވާފައި ވަނީ، ޕޫތުރާ ޕަރްދާނާ، ޕޫތުރާޖަޔާގަ އެވެ.

މި މަޝްވަރާ ތަކުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، މެލޭޝިއާއިން އެ މަނިކުފާނަށް ދެއްވި ދައުވަތާއި އެ ގައުމަށް ވަޑައިގެންނެވުމުން އެ މަނިކުފާނަށް ދެންނެވި ހޫނު މަރުހަބާއާއި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފަ އެވެ.

އޭގެ އިތުރުން ދެ ގައުމުގެ ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރެވޭނެ ފުރުސަތުތައް ހޯދަމުންދާ މި ދަނޑިވަޅުގައި، ދިގުމުއްދަތަކަށް މި ގުޅުން ބަދަހި ކުރެވޭނެ މަގު ތަނަވަސް ކުރުމަށް ޓަކައި ދެ ގައުމުގެ މެދުގައި ހަރުދަނާ ގުޅުން ތަކެއް ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އެ މަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ.

މި މަޝްވަރާތަކުގައި މެލޭޝިއާގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، ދެގައުމުން އެއްބާރުލުން ދިނުމުގެ ގޮތުން ރައީސް ފާހަގަ ކުރެއްވި މައިގަނޑު ދާއިރާ ތަކުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ. އަދި ދޭދޭ ގުޅުންތައް އިތުރަށް ވަރުގަދަ ކުރެއްވުމަށް ޓަކައި، އެ ދާއިރާ ތަކުން ވިސްނުންފުޅު ގެންގުޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

ރައީސް، މެލޭޝިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ރާއްއާއި މެލޭޝިއާއާ ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެވިގެންދާއިރު، މި އެއްބަސްވުންތަކަކީ ދެ ގައުމުގެ ދޭދޭ ގުޅުމަށް ފައިދާ ކުރަނިވި އެއްބަސްވުންތަކަކަށް ވާނެ ކަމަށާއި، އަދިވެސް އިތުރު ދާއިރާ ތަކުން އެއްބާރުލުންދީ، ގުޅުން ބަދަހި ކުރެވިގެންދާނެ ކަމުގެ އުންމީދު އެބައޮތްކަން، މެލޭޝިއާގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.

ދިވެހިންގެ ވިސާއާ ގުޅުންހުރި ކަންކަން ކުރިއަށް ގެންދިއުމުގައި މެލޭޝިއާއިން ހަމަޖައްސަވައިދީފައިވާ ލުއިފަސޭހަކަން ފާހަގަ ކުރައްވައި، ރައީސް ވަނީ އެކަމަށް ޓަކައި މެލޭޝިއާ ސަރުކާރަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

ޑިޖިޓަލް ދާއިރާގެ ރޮނގުން ކުރިއަރާ ދިއުމަށް ރާއްޖެއިން ކުރާ މަސައްކަތް ތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، މެލޭޝިއާގެ އީޖާދީ އުފެއްދުންތެރިކަން ރާއްޖެއަށް ގެނައުމުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސް ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ. އަދި އިންފޮމޭޝަން ޓެކްނޮލޮޖީއާއި، އާޓިފިޝަލް އިންޓެލިޖަންސް އަދި ސައިބާ ސެކިއުރިޓީ ފަދަ ދާއިރާ ތަކުން ގުޅުން ބަދަހި ކުރުމުގެ ފައިދާ، ދެ ގައުމަށްވެސް ކުރާނެކަން ފާހަގަ ކުރައްވައި، މި ރޮނގުން އިތުރު ގުޅުންތައް ހަރުދަނާ ކުރެވިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސް ވިދާޅުވި އެވެ.

ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް ގުޅުމަކީ، ކުރިއަށް އޮތް ތަނުގައިވެސް އިތުރަށް ހަރުދަނާވެ، ބަދަހިވެގެންދާނެ ގުޅުމެއް ކަމުގެ އުންމީދު އެބައޮތްކަން ދެ ގައުމުގެ ލީޑަރުންވެސް ވަނީ ފާހަގަ ކުރައްވާފަ އެވެ. ރާއްޖެއާއި މެލޭޝިއާ އާ ދެމެދު ކުރިއަށް ގެންދިޔަ މަތީ ފަންތީގެ މަޝްވަރާ ތަކަށްފަހު، އެއްބަސްވުންތަކާއި އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއި ކުރެއްވުން ވެސް އޮތެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

40 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy