ކީ ސްޓޭޖު 3 ނިންމާ ދަރިވަރުންނަށް ފުރަތަމަ ފަހަރަށް ނާލޯ އެސެސްމެންޓް ބާއްވައިފި

--

ކީ ސްޓޭޖު 3 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން މުޅިން އަލަށް ބޭއްވޭ ނޭޝަނަލް އެސެސްމަންޓް އޮފް ލާރނިން އައުޓްކަމްސް (ނާލޯ) މިއަދު ފަށައިފި އެވެ.

މި އިމްތިހާނުގައި ރާއްޖޭގެ 201 ސްކޫލަކުން 5،100 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެ އެވެ.

2008 ވަނަ އަހަރުން ފެށިގެން މުޅި ރާއްޖޭގައި ކުރިއަށް ގެންދެވޭ ނާލޯގައި މީގެ ކުރިން ބައިވެރިވެފައިވަނީ ހަމައެކަނި ކީ ސްޓޭޖް 1 އަދި 2 ނިންމާ ދަރިވަރުންނެވެ. ނަމަވެސް މި އަހަރު، ފުރަތަމަ ފަހަރަށް، ކީ ސްޓޭޖް 3 - ގްރޭޑް 7 އަދި 8 ނިންމާފައިވާ ދަރިވަރުން މި އިމްތިހާނުގައި ބައިވެރިވެ އެވެ.

މި އިމްތިހާނު ކުރިއަށްދާނީ ދެ ބުރަކަށް ބަހާލައިގެންނެވެ. މިއަދު ފެށި، ތިން ދުވަހަށް ކުރިއަށްދާ ފުރަތަމަ ބުރުގައި ހިމެނެނީ އިނގިރޭސި ބަސް، ހިސާބު އަދި ސައިންސްގެ އިމްތިހާނުތަކެވެ. ސެޕްޓެމްބަރު 2 އަދި 3 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ދެ ވަނަ ބުރުގައި އިސްލާމް އަދި ދިވެހި ބަހުގެ އިމްތިހާނުތައް ކުރިއަށްދާނެ އެވެ.

ގިނަ ސުކޫލު ތަކުގައި ގްރޭޑް 9 ގެ ހުރިހާ ދަރިވަރުން މި އިމްތިހާނުގައި ބައިވެރިވާއިރު، އާބާދީ ބޮޑެތި ސުކޫލު ތަކުގައި ހޮވާލެވޭ ބައެއް ދަރިވަރުން ބައިވެރިވެ އެވެ.

ނާލޯގެ ދާއިރާ ފުޅާ ކުރުމުން ތައުލީމީ ނިޒާމާ ބެހޭ އަގުހުރި މައުލޫމާތު ލިބި، މުޅި ރާއްޖޭގައި ކިޔަވައިދިނުމާއި އުނގެނުމުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތް ތަކަށް އިތުރު އެހީތެރި ކަމެއް ލިބިގެންދާނެ އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

22 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy