އަންހެނުންގެ ފުރިހަމަ ބައިވެރިވުން ނެތި ގައުމެއް ބިނާ ނުކުރެވޭނެ: މެޑަމް ސާޖިދާ

ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު -- ފޮޓޯ/ ރައީސް އޮފީސް

އަންހެނުންގެ ފުރިހަމަ ބައިވެރިވުން ނެތި ގައުމެއް ބިނާކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ގާލްގައިޑްސް އެސޯސިއޭޝަންގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އެ ކަމަނާ ވަނީ ގައުމު ބިނާކުރުމުގައި އަންހެނުންގެ ދައުރުގެ މުހިންމުކަން ފާހަގަ ކުރައްވާފަ އެވެ.

"އަންހެނުންގެ ފުރިހަމަ ބައިވެރިވުން ނެތި ގައުމެއް ބިނާކުރުމަކީ ކުރެވޭނެ ކަމެއް ނޫން، އަންހެނުންގެ ހަގީގީ ދައުރާ ނުލައި މުޖުތަމައެއް އިސްލާހު ކުރުމަކީ ވެސް، އެއް ގޮތަކަށް ވެސް ކާމިޔާބު ކުރެވޭނެ ކަމެއް ނޫން،" އެކަމަނާ ވިދާޅުވި އެވެ.

މި ޖަލްސާގައި އެ ކަމަނާ ވަނީ ދިވެހި އަންހެނުން ދީނީ ގޮތުން ހޭލުންތެރި ދީންވެރި ބަޔަކަށް ވުމަށް ބާރުއަޅުއްވައި ވާހަކަފުޅު ދައްކަވާފަ އެވެ. އަދި ދިވެހި އަންހެނުން ގައުމީ ރޫހު ދިރުވާ ބަޔަކަށް ވުމަށާއި، ޒަމާނުގެ އިލްމުތަކާ ފަންނު ތަކަށް ލޯހުޅުވިފައިވާ، އެ ކަންކަމަށް އަހުލުވެރި ބަޔަކަށް ވުމަށް އެ ކަމަނާ ބާރު އެޅުއްވި އެވެ. މީގެ އިތުރުން ވެސް، އިސްނަގައިގެން ހަރަކާތްތެރިވެ، އިސްރޯލެއް ދިވެހި މުޖުތަމައުގައި ދިވެހި އަންހެނުން އަދާ ކުރުން މުހިންމު ކަމުގައި އެ ކަމަނާ ވިދާޅުވި އެވެ.

މެޑަމް ސާޖިދާ ވިދާޅުވީ ގާލްގައިޑްސް ހަރަކާތަކީ ދިވެހީންގެ ދިރިއުޅުމުގެ ތެރޭގައި އޮތް ރަނގަޅު އިޖުތިމާއީ އެތައް ސިފަ ތަކެއް ރަސްމީ ގޮތެއްގައި ދަމަހައްޓައިދޭ ވިޔުގައެއް ކަމަށާއި، ދިވެހީންގެ ރީތި ސަގާފަތާއި އާދަކާދައަށް ދިރުންދޭ ބައިވެރިއެއް ކަމަށެވެ.

މި ޖަލްސާގައި މެޑަމް ސާޖިދާ ވަނީ މޯލްޑިވްސް ގާލްގައިޑްސްގެ ވެބްސައިޓް އިފްތިތާހު ކޮށްދެއްވާފަ އެވެ. އަދި އެކަމަނާ ވަނީ ގާލްގައިޑްސް އެސޯސިއޭޝަނަށް 20 އަހަރާއި 25 އަހަރުގެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ފަރާތްތަކަށް ސެޓްފިކެޓާއި ބެޖު ހަވާލު ކޮށްދެއްވާފަ އެވެ.

މީގެއިތުރުން އެކަމަނާ ވަނީ، ޗީފް ކޮމިޝަނާ އާއި ޑެޕިއުޓީ ޗީފް ކޮމިޝަނާ، ޗީފް ކޮމިޝަނާ އަދި ޑެޕިއުޓީ ޗީފް ކޮމިޝަނާ ކަމުގެ ޓާމް ނިންމެވުމާ ގުޅިގެން ދެއްވާ ސެޓްފިކެޓް، ބެޖު އަދި ސްކާފް ހަވާލު ކޮށްދެއްވާފަ އެވެ. އަދި، އަލަށް ޗީފް ކޮމިޝަނާގެ މަގާމާ ހަވާލުވެވަޑައިގެންނެވި އައިޝަތު ނަޝީދާއަށް މެޑަމް ވަނީ ސެޓްފިކެޓް ހަވާލު ކޮށްދެއްވާފަ އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

2 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

58 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy