މަސްވެރިންގެ މުޒާހަރާ ތެރެއިން ސިފައިންގެ ލޯންޗުގައި ޖެއްސި މައްސަލަ ބަލަނީ

---

ބޮޑު ކަންނެލީ މަސްވެރިންގެ ޔޫނިއަންގެ ފަރާތުން ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން ސިފައިންގެ ލޯންޗެއްގައި ޖެއްސި މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.

ބޮޑު ކަންނެލީ މަސްވެރިންގެ ޔޫނިއަންގެ ފަރާތުން އިހުތިޖާޖު ކޮށްފައިވަނީ މިފްކޯއިން ބޮޑުކަންނެލި ގަތުމަށާއި ލޭނު އަޅައިގެން މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމުގެ ވިސްނުން ސަރުކާރުން ދޫކޮށްލުމަށް ގޮވާލައެވެ. މިމަހުގެ 12 ވަނަ ދުވަހު މަސްވެރިން އެންމެ ފުރަތަމަ އިހުތިޖާޖު ކޮށްފައިވަނީ ހުޅުމާލޭ ފަޅު ތެރޭގައެވެ. އޭގެ ފަހުން މަސްވެރިން ވަނީ މާލޭގެ އެއް ނަންބަރު ފާލަމަށް ވަދެފައެވެ.

މަސްވެރިންގެ މާލޭގެ އެއް ނަންބަރު ފާލަމަށް ވަންނަން މަސައްކަތް ކުރަމުން ދިޔަ ވަގުތު ކޯސްޓް ގާޑުން ދިޔައީ މަސްވެރިން ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ކޯސްޓް ގާޑުގެ ލޯންޗުގައި އެއް ނަންބަރު ފާލަމަށް ވަންނަ ނެރު ކައިރީ ފުލުހުން ބަންދު ކުރިއެވެ. ނަމަވެސް ބައެއް ދޯނިތަކުން ވަނީ ކޯސްޓް ގާޑުގެ ލޯންޗުގައި ޖައްސައި އެއް ނަންބަރު ފާލަމަށް ވަދެފައެވެ.

މިމައްސަލަ ތަހުގީގު ކުރަމުން އަންނަތޯ "ވަގުތު" އިން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެއީ ކަނޑުމަތީ ހާދިސާއެއް ކަމުން މެރިން ޕޮލިހުން މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެނިގެން ދަނީ މަސްވެރިންގެ ދޯންޏަކުން ކޯސްޓް ގާޑުގެ ލޯންޗެއްގައި ޖައްސައި ކުރިއަށް ގެންދާ މަންޒަރެވެ. އަދި އެވަގުތު ފުލުހުން އެ ދޯނި މަޑުކުރަން އެންގުމުން ވެސް ފަޅު ތެރެއަށް ވަދެގެން އައި މަންޒަރު ފެނިގެންދެއެވެ.

---

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

19 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy