ފުލުސް އޮފީސް ހިންގުން ވަގުތީ ގޮތުން ފަރުހާދުއާ ހަވާލުކޮށްފި

ފަރުހާދު ފިކުރީ --

ފުލުސް އޮފީސް ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއާ ހަވާލު ކުރައްވައިފި އެވެ.

ފަރުހާދު އާ އެ މަސްއޫލިއްޔަތު ހަވާލު ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އަލީ ސުޖާއު މިއަދު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމުންނެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާލުވީ ކަމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އެމަގާމުން މިއަދު އިސްތިއުފާ ދެއްވުމާއި ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައިވާ ގޮތުގެ މަތިން ކަމިޝަނާ އޮފް ޕޮލިސްގެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާ ކުރެއްވުމަށް ޑެޕިއުޓީ ކަމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ ކަނޑައަޅާފައިވާ ކަމަށެވެ.

މީގެ ކުރިން ވެސް ވަނީ ފުލުހުންގެ ހިދުމަތް ވަގުތީ ގޮތުން ހިންގަން، ފަރުހާދާ ހަވާލުކުރައްވާފަ އެވެ. އެއީ އޭރު ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި މުޙައްމަދު ހަމީދު ރިޓަޔާ ކުރެއްވުމުންނެވެ.

ސުޖާއު މިއަދު އިސްތިއުފާ ދެއްވާފައި މިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު، މާލޭ ގެއެއްގެ ފުރާޅު މައްޗަށް ގަލޮޅު ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު, 21, ވެއްޓުނު މައްސަލައިގައި ފުލުހުން ހިންގާ ތަހުގީގުގެ މިނިވަންކަމާމެދު ގިނަ ބަޔަކު ސުވާލު އުފައްދަމުން އަންނަނިކޮށެވެ.

އޭގެ އިތުރުން ޔުމްނު އަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ގިނަ އަދަދެއްގެ ޒުވާނުން މަގުމަތީގައި ކުރަމުން އަންނަ ސިލްސިލާ މުޒާހަރާ ތަކުގައި ހޯމް މިނިސްޓަރު އަލީ އިހުސާނާއި ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން އަދި ސީޕީ ސުޖާއު، އިސްތިއުފާދެއްވުމަށް ވެސް އަންނަނީ ގޮވަމުންނެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy