5 މިލިއަން ގަސް ޕްރޮގްރާމްގެ އޮފިޝަލުން ޗައިނާގެ ނާސަރީތަކަށް ޒިޔާރަތްކޮށްފި

--

ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ އޮފިޝަލުން، ޗައިނާއަށް ކުރައްވަމުންދާ ދަތުރުފުޅުގައި ފުޖިއަން އަދި ޒަންގްޒޯ ސިޓީ ތަކުގެ ނާސަރީ ތަކަށް ޒިޔާރަތް ކުރައްވައިފި އެވެ.

މިއީ ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ތެރެއިން ކުރެވޭ ދަތުރެކެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އަތީފް އިސްކޮށް ހުންނަވައިގެން ކުރައްވާ މި ދަތުރުފުޅުގައި، ޗައިނާގެ ގަސް އިންދުމާއި ބެލެހެއްޓުމުގެ ދާއިރާގައި ކުރިއަރާފައިވާ ޓެކްނޮލޮޖީ ތަކާއި އުކުޅުތައް ދެނެގަތުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ފުޖިއަން އަދި ޒަންގްޒޯ ސިޓީ ތަކުގެ ނާސަރީ ތަކަށް ކުރި ޒިޔާރަތުގައި، ދިވެހި ވަފުދުން އެ ތަންތަނުގައި ގަސް އުފައްދާ ގޮތާއި، ބަލަހައްޓާ ގޮތުގެ މައުލޫމާތު ހޯދާފައިވެ އެވެ. މީގެ އިތުރުން، ރާއްޖޭގެ މޫސުމާ ގުޅޭ ގަސްތައް އުފެއްދުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.

މިނިސްޓްރީން ބުނިގޮތުގައި މި ސަރުކާރުން ތިމާވެށި ހިމާޔަތް ކުރުމަށް ދެމުން އަންނަ އަހައްމިއްޔަތު ކަމުގެ ތެރެއިން ކުރިއަށް ގެންދާ ފަސް މިލިއަން ގަސް ޕްރޮގްރާމަށް މި ދަތުރުން ލިބޭނެ މައުލޫމާތާއި ތަޖުރިބާ މުހިންމުވާނެ ކަމަށް ބެލެވެ އެވެ.

އަދި މި ދަތުރުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، ތިމާވެށީގެ ދާއިރާއިން އެއްބާރުލުން އިތުރުވެގެން ދާނެ ކަމަށް ވެސް މިނިސްޓްރީން އުއްމީދު ކުރެވެ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

56 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy