ޕާޓާގެ އަހަރީ ބައްދަލުވުމާއި ސަމިޓުގައި ރާއްޖެ ބައިވެރިވެއްޖެ

--

ޕާޓާގެ އަހަރީ ބައްދަލުވުމާއި ސަމިޓުގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

ތުރުކީވިލާތުގެ އިސްތަންބުލްގައި ބޭއްވުނު ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) ގެ އަހަރީ އާންމު ޖަލްސާ އާއި އަހަރީ ސަމިޓުގައި ރާއްޖޭގެ ފަރާތުން ބައިވެރިވީ ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މީނާސް ޝައުގީ އާއި ޓޫރިޒަމް ރިސާޗް އެންޑް ސްޓެޓިސްޓިކްސްގެ ޑިރެކްޓަރު މަރިޔަމް ޝަރުމީލާ އެވެ.

މި ބައްދަލުވުންތައް ބޭއްވުނީ 21 އިން 23 އޭޕްރިލް 2023 އަށެވެ. މި ބައްދަލުވުން ތަކުގައި ދުނިޔޭގެ އެކި ކަންކޮޅު ތަކުން ޓޫރިޒަމް ދާއިރާގެ މާހިރުން އެއްތަނަކަށް އެއްވެ، ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމާއި، އައު ގޮތްތައް ހޯދުމާއި، އެންމެންނަށް ހަމަހަމަ ފުރުސަތު ދިނުމާއި، ތަފާސްހިސާބުގެ މައްޗަށް ބިނާކޮށް ފަތުރުވެރި ކަމުގެ ޑިމާންޑް އިތުރު ކުރުމާއި ފަތުރުވެރިންގެ ތަޖުރިބާ ރަނގަޅު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައި ވަނީ މި ބައްދަލުވުން ތަކުގައި ދިވެހި ވަފުދު ބައިވެރިވުމަކީ ރާއްޖޭގެ ފަތުރުވެރި ކަމުގެ ސިނާއަތަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މިފަދަ ބައްދަލުވުން ތަކުން ލިބޭ މައުލޫމާތާއި ތަޖުރިބާ ބޭނުން ކޮށްގެން ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް މަސައްކަތްކުރާނެ ކަމަށް ވެސް ބުންޏެވެ.

"މި ސަމިޓުގައި ކުރިއަށް އޮތް އަހަރު ތަކުގައި ފަތުރުވެރި ކަމުގެ ދާއިރާ ކުރިއަރުވާނެ ގޮތްތަކާ މެދު މަޝްވަރާ ކުރެވުނު،" މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy