ފޮޓޯ/ ނުކުތާ
މާލޭ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު، ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނާ ރަޝީދު، 21، އިތުރު ބޭސް ފަރުވާއަށް ސަރުކާރުގެ ހަރަދުގައި މެލޭޝިޔާއަށް ފޮނުވަން ނިންމައިފި އެވެ.
ޔުމްނުގެ އާއިލާއިން މީޑިއާއަށް މައުލޫމާތު ދެމުން ބުނީ އޭނާ އިތުރު ފަރުވާއަށް މެލޭޝިޔާއަށް ގެންދިޔުމުގެ ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށެވެ. ބޭސްފަރުވާގެ ކަންކަން ހަމަޖައްސާފައި ވަނީ އެންސްޕާ މެދުވެރިކޮށެވެ. ފުލައިޓެއް ޗާޓަރު ކޮށްގެން ނަމަވެސް ޔުމްނު މެލޭޝިއާއަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އާއިލާ އިން ބުނެފައިވެއެވެ.
މި މައުލޫމާތު ދިނީ ޔުމްނުގެ އާއިލާގެ ފަރާތުން، މައުލޫމާތު ދިނުމަށް ހުއްދަ ދީފައިވާ ކަމަށް ބުނާ ޔުމްނުގެ ދައްތަގެ ފިރިމީހާ މޫމިން މައުމޫން ކިޔާ މީހެކެވެ.
މިމަހުގެ 18 ވަނަ ދުވަހުގެ ފަތިހު، ހ. ފެންޓެނޯއީގޭގެ ނުވަ ވަނަ ބުރިން ޔުމްނު ވެއްޓުނީ، އެ ގެއާ ޖެހިގެން ހުރި ހ. މިޓާޒްގޭގެ ފުރާޅު މައްޗަށެވެ.
ޔުމްނު ވެއްޓުނު ރޭ އޭނާއާއެކު އުޅުނު ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް، 21، ހައްޔަރުކޮށް، އޭނާގެބަންދަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން ވަނީ ޖަހައިފަ އެވެ.
ލިބިފައިވާ އަނިޔާގެ ބޮޑުކަމުން ޔުމްނު ބާއްވާފައި އޮތީ ވެންޓިލޭޓަރުގަ އެވެ. އެކަމަކު، މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފަ އެވެ. ނަމަވެސް އަދިވެސް ހާލު ސީރިއަސް އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް