ކުށްކުރާ ނެޓުވޯކުތަކަށް އަމާޒުކޮށްގެން ފައިނޭންޝިއަލް އިންވެސްޓިގޭޝަންތަކެއް ފަށައިފިން: ސީޕީ

ފުހުންގެ 92 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ސީޕީ ވާހަކަދައްކަވަނީ --

ކުށްކުރާ ނެޓުވޯކު ތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބިފައިވާ މުއްސަނދިކަމަކީ ކިހިނެއް ލިބުނު މުއްސަނދި ކަމެއްތޯ ބަލައި އެ ފަދަ މީހުންނަށް އަމާޒުކޮށް ފައިނޭންޝިއަލް އިންވެސްޓިގޭޝަން ތަކެއް ފަށާފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސުޖާއު ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ބޭނުންކޮށް އަދި އޭގެ ވިޔަފާރިކުރާ މީހުންނާއި އެކި ކަހަލަ ބޮޑެތި ކުށްތައް ކުރާ ގުރޫޕުތައް އުފެދި އެ ގުރޫޕުތަކަށް ކުޑަކުދިން ވައްދައި އެ ގުރޫޕުތަކުގެ އިސް މީހުންނަށް މަންފާވާ ގޮތަށް ކުޑަކުދިން ބޭނުންކޮށްގެން މުއްސަނދިވެފައިވާ ގުރޫޕުތަކުގެ ލީޑަރުންގެ މައްސަލަތައް ތަހުގީގު ކުރަމުން އަންނަކަން ފާހަގަ ކުރައްވާފަ އެވެ.

ސީޕީ ވިދާޅުވީ ކުށްކުރާ ނެޓުވޯކު ތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބިފައިވާ މުއްސަނދިކަމަކީ ކިހިނެއް ލިބުނު މުއްސަނދި ކަމެއްތޯ ބަލައި އެފަދަ މީހުންނަށް އަމާޒުކޮށް ފައިނޭންޝިއަލް އިންވެސްޓިގޭޝަންތަކެއް ފަށާފައިވާ ކަމަށާއި މި މަސައްކަތުގެ ތެރެއިން، ފުވައްމުލަކު ސިޓީގައި މަސްތުވާތަކެތީގެ ނެޓްވޯކަކުން 112 މީހަކު ހޯދައި 121 މައްސަލައެއް ތަހުގީގުކޮށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

އަދި މާލެއަށް ނިސްބަތްވާ ގުރޫޕެއްގެ ފައިނޭންޝިއަލް ތަހުގީގު ނިމިމި ނެޓްވޯކުގައި އުޅޭ މީހުން ދިރިއުޅޭ ތަންތަން ބަލަން ފަށާފައިވާ ކަމަށާއި ޖުމުލަ 11 މީހުން އެކުލެވޭ މި ނެޓްވޯކުގެ 64 މިލިޔަން ރުފިޔާ ދައުރުކުރި ގޮތް ތަހުގީގުކޮށް އެ ފައިސާތަކަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާތަކެއް ކަމަށް ތަހުގީގަށް ދެނެގަނެވިފައިވާ ކަމަށް ވެސް ސުޖާއު ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގައި ސްކޭމާއި ސައިބާގެ މައްސަލަތައް އިތުރުވަމުންދާތީ، އެ މައްސަލަތައް ބަލާނެ ހާއްސަ އިންތިޒާމ ުތަކެއް ހަމަޖެހިފައިވާކަން ފާހަގަ ކުރައްވާ ސީޕީ ވަނީ ރާއްޖެއަކީ ކުށްމަދު އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށް މި ފަދަ ކިތަންމެ ކަމެއް ކުރެވިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ސައުވީސް ގަޑިއިރު ހިދުމަތްދެވޭ ގޮތަށް ސްކޭމް ސެންޓަރެއް ގާއިމުކޮށް މަސައްކަތް ކުރެވެމުންދާ ކަމަށާއި ސައިބާ އޮޕަރޭޝަން ސެންޓަރަކާއި ސައިބާ ކްރައިމް އިންވެސްޓިގޭޝަނަށް ހާއްސަ ތަނެއް އުފައްދައި ހިދުމަތް ފަށާފައިވާ ކަމަށް ވެސް ސީޕީގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

11 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy