ފުލުހުންގެ ދައުރު އަދާ ކުރުމަށް ކޮންމެ ރައްޔިތަކު ވެސް ފުރުސަތު ދޭންޖެހޭ: ރައީސް

ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ --

މުޖުތަމައު ބައިބައިކޮށް ފިތުނަ ފަސާދަ އުފައްދަން މަސައްކަތް ކުރަމުންދާ ކަމަށާއި ފުލުހުންގެ ދައުރު އަދާކުރުމަށް ކޮންމެ ރައްޔިތަކު ވެސް ފުލުހުންނަށް ފުރުސަތުދޭންޖެހޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ރޭ ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ ފަރާތުން ރައްޔިތުންނަށް ދޮގެއް ހަދާފާނެ ކަމަކަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި ރައްޔިތުންނަށް ދޮގުހަދައި އޮޅުވާލައިގެން ފުލުހުންނަށް ލިބޭނެ ފައިދާއެއް ނެތް ކަމަށާއި އެއީ ފުލުހުން ކުރައްވާނެ ކަމެއް ވެސް ނޫން ކަމަށެވެ.

ބައެއް ކަހަލަ ސަބަބުތަކާ ހެދި މުޖުތަމައު ތެރޭގައި ނުރަނގަޅު މައްސަލަތަކެއް ފެތުރިފައިވާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެގޮތުން ޑުރަގުގެ މައްސަލައަކީ މީގެ ތެރެއިން އެންމެ ބޮޑު މައްސަލަކަމަށާއި ބޮޑެތި ގޭންގުތަކުން ހިންގާ މާރާމާރީތަކާއި މިފަދަ ނުރަނގަޅު އަމަލުތައް ވެސް ވަނީ ވަރަށް ބޮޑަށް ފުޅާވެފައި ކަމަށެވެ.

އަދި މިއީ މިގަމުގައި މިއަދު ފެށުނު މައްސަލަތަކެއް ނޫން ކަމަށާއި މީގެ އެތައް އަހަރެއް ކުރިން ފެށުނު ކަމެއްކަމަށް ވެސް ވިދާޅުވިއެވެ.

"މިފަދަ މައްސަލަތައް ހައްލުކުރުމަށް ފުލުހުންނަށް މީގެކުރިން މާބޮޑު ސަޕޯޓެއް ލިބިފައެއްނުވޭ، އެހެންނަމަވެސް މިކަންކަން ހައްލުކުރުމަށް މި ދައުރުގެ ތެރޭގައި މަސައްކަތްތަކެއް ދަނީ ކުރަމުން، އަދި މިކަންކަން ހައްލު ކުރުމުގައި ގޭންގު ކުށްތަކާ ގުޅޭ ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން، މި ގާނޫނު ފާސްވުމަށްފަހު ހަމަހަމަ ކަމާއެކު ޒިންމާދާރު ކަމާއެކު މި މައްސަލަތައް ހައްލު ކުރުމަށް ފުލުހުންނަށް ފުރުސަތުތަކެއް ލިބިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތަކީ ރައްޔިތުންނާ ގާތުން ހިދުމަތްދޭ އެންމެ ބޮޑު މުއައްސަސާ ކަމަށާއި ދިވެހި ފުލުހުންގެ ހިދުމަތަކީ ރާއްޖޭގައި ގާނޫނުގެ ވެރިކަން ނަގަހައްޓައި ދެމެހެއްޓުމުގެ އެންމެ މަތިވެރި ޒިންމާ އަދާކުރަންޖެހޭ މުއައްސަސާ ކަމަށެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

15 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy