ގައުމު ގައުމެއްގެ ގޮތުގައި ދެމިއޮތުމަށް އެންމެ މުހިއްމީ ދާހިލީ ސަލާމަތާއި ރައްކާތެރިކަން: އިހުސާން

ހޯމް މިނިސްޓަރު އަލީ އިހުސާން -- ފޮޓޯ/ ޕޮލިސް

ގައުމު ގައުމެއްގެ ގޮތުގައި ދެމިއޮތުމަށް އެންމެ މުހިއްމީ އެ ގައުމެއްގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން ހަމަޖެހިފައި އޮތުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ރޭ ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ހިދުމަތުގެ 92 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިހުސާން ވިދާޅުވީ ރާއްޖެއަކީ މުޅި އިގުތިސޯދު ގައުމުގެ ހަމަޖެހުމުގެ މައްޗަށް ބިނާވެފައި އޮތް ރާއްޖެއެއް ކަމަށެވެ. އަދި އިންވެސްޓަރުންގެ ޔަގީންކަމުން ފެށިގެން ރައްޔިތުންގެ އުފާވެރިކަމާއި ހިތްހަމަޖެހުން ބިނާވެފައި ވަނީ އެ އިހުސާސްގެ މައްޗަށް ކަމަށް ވެސް ވިދާޅުވި އެވެ.

މަސްތުވާތަކެތި ބޭނުން ކުރާ ފަރާތް ތަކުގެ ސަބަބުން ކުށުގެ ވެއްޓަށް ބޮޑެތި ބަދަލު ތަކެއް އައިސްފައިވާ ކަން ފާހަގަ ކުރައްވައި އެ މަނިކުފާނު ވިދާޅުވީ އެ ތަކެތި ބޭނުން ކުރާ މީހުންނާއި އެ މީހުންގެ އާއިލާތައް، ދިރއުޅެމުން އަންނަނީ ވޭނާއި އުނދަގުލުގައި ކަމަށެވެ.

"މަސްތުވާތަކެތީގެ ވިޔަފާރީގެ މުގާބިލުގައި ކުށް ކުރާ ގޭންގުތައް އުފެދި މުޖުތަމައު ހަމަނުޖެހުމުގެ ތެރެއަށް ވަނީ އައިސްފައި،'' އިހުސާން ވިދާޅުވި އެވެ.

މައުސޫމު އެތަކެއް ފުރާނަ ތަކެއް ދިޔައީ މި މާހައުލުގެ ޝިކާރައަކަށް ވަމުން ކަމަށާއި ތުއްތު ކުދިން ދިޔައީ ކުށުގެ ވެއްޓަށް ހުށަހެޅެމުން ކަމަށާއި ކުށްކުރާ ކުޑަކުދިން، ކަންބޮޑުވާން ޖެހޭ މިންވަރަށް އިތުރުވަމުންދިޔަ، ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

އޭގެ އިތުރުން، ރާއްޖޭގެ އިޖުތިމާއީ ހަމަޖެހުމަށް އެންމެބޮޑު ނުރައްކަލަކަށްވެފައި ވަނީ ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ ފަރާތުން ކުށުގެ ވެއްޓަށް ބޮޅު ތަކެއް އިތުރުވެފައިވުމުން ކަމަށް ވިދާޅުވި އެވެ. އަދި މުޖުތަމައުގައި ހުރި މިފަދަ މައްސަލަ ތަކަށް މީގެކުރިން އެކަށީގެންވާ ހައްލެއް ގެނެވޭނެ ކަމުގެ އުންމީދެއް ރައްޔިތުންނަށް ލިބިފައިނުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އަދި ކުރިއަށް އޮތް އަހަރަކީ ފުލުހުންގެ މަސައްކަތް ތަކުގައި ތަފާތު ފެންނާނެ އަހަރެއް ކަމަށާއި ދިވެހި ފުލުހުންގެ ހިދުމަތް ރައްޔިތުންނަށް އެންމެ އެދެވޭ ގޮތަށް ނަތީޖާ ފެންނާނެ އަހަރެއް ކަމަށް އިހުސާން ވިދާޅުވި އެވެ.

ފުލުހުންގެ ހިދުމަތް އިތުރަށް ތަރައްގީކޮށް، އިފެކްޓިވް ކުރުމަށް ޓަކައި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމު ކުރުމަށް ފުލުހުންގެ ތާރީހުގައި ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއު މިދިޔަ މަހުގައި ފެށިފައިވާ ކަމަށް ވެސް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

31 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy