ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ —
ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކުގެ މައުލޫމާތު ވީހާވެސް އަވަހަކަށް ރައްޔިތުންނާ ހިއްސާ ކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު، ފުލުހުންގެ ކިބައިން އެދިވަޑައިގެންފި އެވެ.
އެ މަނިކުފާނު މިކަމަށް އެދިވަޑައިގަތީ ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ފުލުހުންނަކީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރާ މުއައްސަސާއަކަށް ވާއިރު، އެ ގާތްކަން ވަރުގަދަ ކުރާންޖެހޭ ކަމަށާއި އެ ގޮތުން އެ އިދާރާއިން ކުރާ މަސައްކަތްތައް ވެސް ރައްޔިތުންނަށް އަންގައިދޭން ޖެހޭ ކަމަށެވެ. އަދި ފުލުހުން މިހާރު އަމަލު ކުރަމުން އަންނަ އުސޫލު ތަކާއި ޕްރޮސީޖާ ތަކަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ކަމެއް ދިމާވެގެން ބަލަން ފަށާ މައްސަލަ އެއްގައި، އެއީ ވެދާނެ ކޮންމެ ފަދަ މައްސަލަ އަކަށް ވެސް، އެ ވެދާނެ މާރާމާރީ އަކަށް ވެސް، ނޫނީ އެހެން ފަދަ މައްސަލަ އަކަށް ވެސް، ކޮންމެ ފަދަ ކަމެއް ދިމާވެގެން ވެސް ތިޔަބޭފުޅުން އެ މައްސަލަ އަކަށް އެޓެންޑުވެ، އެ މައްސަލަ ބަލަން ފަށާ ހިސާބުން ފުރަތަމަ ވެސް ރައްޔިތުންނާ ހިއްސާ ކުރާ ގޮތަށް ޕްރޮސީޖާ ބަދަލު ކުރަން އަޅުގަނޑު އެދެނީ،" ރައީސް ވިދާޅުވި އެވެ.
މައުލޫމާތު ހިއްސާ ކުރުމާއި ނުކުރުމުގެ ތަފާތު އިންތިހާއަށް ބޮޑުކަން ފާހަގަ ކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ ފުލުހުންނަށް ރައްޔިތުންގެ ތެރޭގައި އޮންނާންޖެހޭ އިތުބާރު، އެ ގޮތުގައި ދެމެހެއްޓުމަށް ޓަކައި ތެދު މައުލޫމާތު ވީއެންމެ އަވަހަކަށް ރައްޔިތުންނާ ހިއްސާ ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.
އަދި ހިދުމަތް ދިނުމުގައި ފުލުހުންނަށް ލިބޭ ހިތްހަމަޖެހުމާއި އޭގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާނެ ހިތްހަމަޖެހުން ބިނާވެގެން ވަނީ ރައްޔިތުންނާ ގާތްވި ވަރަކުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ޕްރޮސީޖާތައް ބަދަލު ކުރަންޖެހޭ ނަމަ ބަދަލު ކޮށްގެން ނަމަވެސް ތަނެއްގައި ބަޔަކު ކޮންމެ ފަދަ ކަމެއް ކޮށްގެން ވެސް ފުލުހުންގެ ޒިންމާ އަދާ ކުރަންޖެހޭ ހިސާބުން ފުރަތަމަ ވެސް ރައްޔިތުންނަށް މައުލޫމާތު ދެއްވަންވީ މިވެނި ތަނެއްގައި މިވެނި ކަމެއް ދިމާވެގެން މައްސަލަ ބަލަން ފަށައިފީމޭ، މައްސަލައިގެ މައުލޫމާތު އަދި ނުހުރެދާނެ، މައްސަލައެއް ނެތް، ހުރިވަރަކުން ހިއްސާ ކުރައްވައިގެން އެ ހިސާބުން ދެން ލިބެމުންދާ މައުލޫމާތު ތިޔަބޭފުޅުންގެ ޒިންމާއަށް ހުރަސް ނޭޅޭ ވަރަށް ހިއްސާ ކުރަމުން ދާންވީ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ގައުމުގައި އެއްވެސް ޒިންމާދާރު ކަމެއް ނެތި، ސިޔާސީ ބޭނުމުގައްޔާއި އެނޫން ބޭނުން ތަކުގައި ދޮގު ހަދާ ފިތުނަ އުފައްދާ ފަރާތް ތަކަށް ވެސް އެޅޭނެ އެންމެ ބޮޑު ހުރަހަކަށް ވާނީ މައުލޫމާތު ހިއްސާ ކުރުމުގައި އަވަސްވެގަތުން ކަމަށެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް