ރައުދު އަހުމަދު ޒިލާލް --
މާލޭ ގެއެއްގެ ފުރާޅުމައްޗަށް މިމަހުގެ 18 ވަނަ ދުވަހު، ވެއްޓިފައި އޮއްވާ މިދިޔަ ހުކުރު ދުވަހުގެ ފަތިހު، ފެނުނު އަންހެންކުއްޖާއާއެކު އުޅުނު އުމުރުން 21 އަހަރުގެ ރައުދު އަހްމަދު ޒިލާލް ހައްޔަރުކޮށްފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖުގައި ފުލުހުން މިރޭ ބުނީ ހެންވޭރު މިޓާޒްގޭގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލް، 21، ކޯޓު އަމުރެއްގެ ދަށުން މިއަދު 18:20 ގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން ޒިލާލް، އާއި ވެއްޓުނު އަންހެންމީހާ ހިމެނޭހެން ޖުމުލަ ހަތް މީހެއް ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އަދި މި މައްސަލައާ ގުޅިގެން މާންދޫގޭ ޓެރެސް އާއި ދެވަނަ އަދި ހަތަރު ވަނަ ފަންގިފިލާގެ އިތުރުން ކަށިވެލިގޭ ތިން ވަނަ ފަންގިފާ ބަލައި ފާސްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ގަލޮޅު ރަނައުރާގެއާގެ، ޔުމްނު ރަޝީދު، 21، ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހުގެ ފަތިހު އެވެ. އޭނާ ވެއްޓުނީ ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ބުރީގެ ފެންލައިޓަކުން، އެ ގެއާ ޖެހިގެން ހުރި ހ. މިޓާޒްގޭގެ ފުރާޅު މައްޗަށެވެ.
މިއަދު ވަނީ ރައުދު އާއެކު، މައްސަލައިގައި ހިމެނޭ ހަތް މީހުންގެ ޕާސްޕޯޓު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައި ފުރުން މަނާކޮށްފަ އެވެ.
މިއަދު ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސުގައި ސީޕީ އަލީ ޝުޖާއު ވިދާޅުވީ މި ހާދިސާއާ ގުޅިގެން މިހާތަނަށް ޔުމްނާ އަދި ރައުދު ޑުރަގަށް ޓެސްޓުކޮށްފައިވާ ކަމަށެވެ. އަދި އެ ދެ މީހުންވެސް ޑުރަގަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެކަމަކު މައްސަލައިގައި ހިމެނޭ އިތުރު މީހުން ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރުކޮށްފައިވާތީ، އެ މީހުން އަދި ޓެސްޓުކުރެވިފައި ނުވާ ކަމަށެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް