ރަސްމީ ދަތުރުފުޅެއްގައި ރައީސް މެލޭޝިއާއަށް ވަޑައިގަތުމަށް ވަނީ ނިންމަވާފައި --
ރައީސް ޑރ. މުޙައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާއަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.
މި މަހުގެ 27 އިން 30 އަށް ރައީސް، މެލޭޝިއާއަށް މި ކުރައްވާ ދަތުރުފުޅަކީ އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސްގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރީންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެ އެވެ. މިއީ އެ މަނިކުފާނު މެލޭޝިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅުގެ އަމާޒަކީ، ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާ ކުރުމެވެ.
މި ދަތުރުފުޅުގައި ރައީސް އާއި މެލޭޝިއާގެ ބޮޑުވަޒީރު ބައްދަލު ކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މި ބައްދަލުވުމުގައި، އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުން ދިނުމުގެ މައްޗަށް މަޝްވަރާ ކުރައްވައި، ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކާމެދު ހިޔާލު ބަދަލު ކުރައްވައި، ދެ ގައުމުގެ ބައިވެރިވުން އިތުރު ކުރެވޭނޭ އިތުރު މަގުތައް ހޯދުމާމެދު މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.
މީގެ އިތުރުން، މި ދަތުރުފުޅުގައި ދެ ގައުމުގެ ލީޑަރުންގެ ހާޒިރުގައި މުހިންމު ދާއިރާ ތަކުން އެއްބާރުލުން ދިނުމާ ގުޅުންހުރި އެއްބަސްވުން ތަކުގައި ސޮއި ކުރައްވައި، ނޯޓް އެކްސްޗޭންޖުތައް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކޮށްފަ އެވެ.
އަދި ރާއްޖޭގެ ފިނޭންސް މިނިސްޓްރީން އިންތިޒާމު ކުރާ ބިޒްނަސް ފޯރަމްގައި ރައީސް ބައިވެރިވެވަޑައިގަންނަވައި، މެލޭޝިއާގެ އިސް ވުނޭރުންނާ ބައްދަލު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އަށް ޒިޔާރަތް ކުރައްވައި އެ ޔުނިވާސިޓީގައި ދަރުހެއް ދެއްވާނެ އެވެ.
ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު އޮޅުންފިލުއްވައި، މަސްލަހަތުތައް ދެނެގަތުމަށް އެ މަނިކުފާނު ދެއްވާ ސަމާލު ކަމުގެ ދަށުން، މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ވެސް ވަނީ ހަމަޖައްސަވާފަ އެވެ.
މި ބައްދަލު ކުރެއްވުމުގައި މެލޭޝިއާގައި ދިރިއުޅޭ ދިވެހި އާބާދީގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެ ފަރާތް ތަކަށް ދިމާވާ ގޮންޖެހުން ތަކުން އަރައި ގަނެވޭނޭ ގޮތް ތަކެއް ހޯއްދަވައިދެއްވުމަށާއި، އެ ފަރާތް ތަކަށް އެއްބާރުލުން ދެވޭނޭ ގޮތްތައް ހޯއްދެވުމާމެދު މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް