ރައީސް ޑރ. މުޙައްމަދު މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް
ގާނޫނު ތަންފީޒު ކުރުމުގައި ވަކި މީހަކު ތަފާތު ނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް، ކުރެއްވި އެކްސް ޕޯސްޓެއްގައި މިހެން ވިދާޅުވީ ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް މިދިޔަ ހުކުރު ދުވަހުގެ ފަތިހު ވަގުތެއްގައި އަންހެން ކުއްޖަކު ވެއްޓިފައި އޮތް މައްސަލައިގައި ސަރުކާރުގެ ބައެއް އިސްވެރީންގެ އާއިލާތަކާ ގުޅުން ހުރި ބަޔަކު ހިމެނޭތީ، ތަހުގީގަށް ނުފޫޒު ފޯރުވަމުންދާ ކަމުގެ އަޑުތަކެއް ފެތުރިފައިވަނިކޮށެވެ.
އެމަނިކުފާނު ވިދާޅުވީ ގާނޫނު އަސާސީ އާއި ގާނޫނުތައް ތަންފީޒު ކުރުމުގައި، ގާނޫނުގެ ވެރިކަން (ރޫލް އޮފް ލޯ) މި ގައުމުގައި ހިންގުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރައްވާ ކަމަށާއި އަދި ނުވެސް ކުރައްވާނެ ކަމަށެވެ.
"އެ މީހެއްގެ ހަސަބަކަށް، ނަސަބަކަށް، މަގާމަކަށް، މުއްސަނދި ކަމަކަށް، ރަހުމަތްތެރި ކަމަކަށް، އާއިލީ ތިމާގެ ކަމަކަށް، ސިޔާސީ ފިކުރަކަށް، އަދި އެ ނޫންވެސް ކަމަކަށް ބަލާ، މި ކަމުގައި ކުރާނެ ތަފާތު ކުރުމެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.
ފުލުހުން މިއަދު ވަނީ އެ ހާދިސާގައި ހިމެނޭ އަށް މީހުންގެ ވަނަވަރު ހާމަކޮށް، އެ މީހުންގެ ޕާސްޕޯޓް ހިފަހައްޓާފަ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް