"ސްޕޮޓް އޮން" ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑްގައި ރައީސް ވާހަފުޅު ދައްކަވަނީ —
ޒުވާނުންގެ ފުރިހަމަ ބައިވެރިވުމާއެކު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށްވުމީ އެ މަނިކުފާނުގެ ދުރު ރާސްތާގެ ތަސައްވުރު ކަމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދިވެހި ޒުވާނުންގެ އާބާދީއަށް ހާއްސަކޮށްގެން މީސް މީޑިއާގައި މިއަދު އާންމުކުރި ސިލްސިލާ ޕޮޑްކާސްޓް "ސްޕޮޓް އޮން"ގެ ފުރަތަމަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ޒުވާނުންނަށް ޓަކައި ކުރިމަގަށް ކުރެއްވޭ އެންމެ ބޮޑު އުންމީދަކީ، ޑިޖިޓަލް އިގުތިސާދެއްގެ ގޮތުގައި ރާއްޖެ ކުރިއަރާ ދާއިރު، އެކަމުގައި ޒުވާނުންގެ ފަންނުވެރިކަމުގެ ފުރިހަމަ ހިއްސާވެސް އޮތުން ކަމަށެވެ.
އަދި، މިހާރުވެސް ޒުވާނުން އެ ދާއިރާގައި އަދާ ކުރާ ދައުރު ބޮޑު ކަމަށާއި، ނަމަވެސް ހުރިހާ ގޮތަކުން ވެސް މި ކަމުގެ އެންމެ ކުރީގައި ޒުވާނުން ތިބުމަކީ އެ މަނިކުފާނު އެދިވަޑައިގަންނަނަވާ ގޮތް ކަމުގައި ވިދާޅުވިއެވެ. މި ރޮނގުން ކުރިއަރާ ދާއިރު، ދިވެހި ކޮންމެ ޒުވާނަކީ، ދިވެހިވަންތަ، ފަހުރުވެރި، އަދި އިސްލާމް ދީނަށް ލޯބިކުރާ މީހެއްގެ ގޮތުގައި ކުރިއަރާ ދިއުމަށް ވެސް އެ މަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.
"ސްޕޮޓް އޮން" ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ސަރުކާރުގެ ފަރާތުން ޒުވާނުން އެންމެ އުންމީދު ކުރާ ކަމަކީ ކޮބައިތޯ، ސުވާލު ކުރައްވާފަ އެވެ. އަދި ޒުވާނުން ފާހަގަކުރި ކަންކަމަށް، އެ މަނިކުފާނުގެ ސަރުކާރުން ހޯދައިދޭނެ ހައްލުތަކުގެ ވާހަކަ، އެ މަނިކުފާނު ވަނީ ހިއްސާ ކުރައްވާފަ އެވެ. އަދި އެ މަނިކުފާނަކީ ދެއްކުންތެރިކަމުގެ ނިޔަތުގައި އެއްޗެއް ވިދާޅުވާނެ ބޭފުޅެއް ނޫންކަމުގައި ހާމަކުރައްވަމުން ރައީސް، ޒުވާނުންނަށް ކޮށްދެއްވާނެކަމަށް ވިދާޅުވި ކަންކަން ކޮށްދެއްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް