މަސްޖިދުއް ނަބަވީގެ އިމާމު ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުން —
މަސްޖިދުއްނަބަވީގެ އިމާމު ޑރ. ސަލާހުލްބުދައިރު، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ. މި ބައްދަލުވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް، ސަލާހުލްބުދައިރަށް މަރުހަބާ ދަންނަވާ، ސައުދީ ޢަރަބިއްޔާއާއި ރާއްޖޭގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ. އަދި، މިދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމުގައި އެޅިގެންދާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރައީސް ސިފަ ކުރެއްވި އެވެ.
ރައީސްގެ ވާހަކަފުޅުގައި، ސަލާހުލްބުދައިރުގެ މި ދަތުރުފުޅަކީ، ވޭތުވެދިޔަ 41 އަހަރުގެ ތެރޭގައި މަސްޖިދުއްނަބަވީގެ އިމާމަކު ރާއްޖެއަށް ޒިޔާރާތް ކުރެއްވި ފުރަތަމަ ފަހަރުކަން ވެސް ފާހަގަ ކުރެއްވި އެވެ.
ޑރ. ސަލާހުލް ބުދައިރުގެ ވާހަކަފުޅުގައި އެ މަނިކުފާނަށް ރާއްޖެއިން އެރުވި ދައުވަތާއި މެހެމާންދާރީއަށް ޝުކުރު ދެންނެވި އެވެ. އަދި، ދެ ގައުމުގެ މެދުގައި އޮތް ގުޅުމަކީ އިސްލާމީ ވަހުދަތުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއްކަމަށް ވިދާޅުވެ، އެގުޅުން އިތުރަށް ހަރުދަނާ ކުރުމާއި ބެހޭގޮތުން އެ މަނިކުފާނު ވާހަކަފުޅު ދެއްކެވި އެވެ.
މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ، ސައުދީ ރަސްގެފާނު، ސަލްމާން ބިން ޢއަ ދުލްއަޒީޒް އަލްސައޫދު އާއި އެ ގައުމުގެ ވަލީއަހުދު ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒު އަލްސައޫދު ގެ ހެޔޮ އެދުންތައް ރައީސުލްޖުމްހޫރިއްޔާ އަށް އަރިސް ކުރައްވާފަ އެވެ.
ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ތަރައްގީގައި، ހާއްސަކޮށް އިސްލާމީ ތައުލީމު ފުޅާ ކުރުމުގައި، ސައުދީ ދައުރުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ. އަދި ހައްޖާއި އުމްރާގެ އަޅުކަމުގެ އިންތިޒާމުތައް ފަސޭހަކޮށްދިނުމާއި، ހައްޖާއި އުމްރާވެރިންނަށް ސައޫދީ ސަރުކާރުން ފޯރުކޮށްދެމުންދާ މެހެމާންދާރީއަށް ރައީސް، ހާއްސަ ޝުކުރެއް ދެންނެވި އެވެ.
ދެ ބޭފުޅުންގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ، މަސްޖިދުއް ނަބަވީގެ އިމާމުގެ މި ތާރީހީ ދަތުރުފުޅުގެ ސަބަބުން ރާއްޖެ އާއި ސައުދީ އަރަބިއްޔާގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވަމުންނެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް