ސިފައިންނަށް ހޯދަދޭ ކޮންމެ ކުރިއެރުމަކާ މެދު ގައުމީ ލޯބި ހުންނަ ކޮންމެ މީހަކު ފަހުރުވެރިވާންވާނެ: ރައީސް

މިރޭގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާހަަކަަފުޅު ދައްކަވަނީ --

ދިވެހި ސިފައިންނަށް ހޯދައިދޭ ކޮންމެ ކުރިއެރުމަކާ މެދު ގައުމީ ލޯބި ހުންނަ ކޮންމެ މީހަކު ފަހުރުވެރިވާން ވާނޭކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، 133 ވަނަ ސިފައިންގެ ދުވަސް ފާހަގަކުރުމަށް، މިރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ދިވެހި ސިފައިންގެ ފެންވަރު މަތި ކުރުމާއި، ސިފައިންނަށް ހޯދައިދޭން ޖެހޭ ވަސީލަތްތައް ހޯދައިދިނުމާއި، ސިފައިންނަށް ދޭންޖެހޭ ތަމްރީނު ދިނުމާއި، ސިފައިންގެ ބާރު އިތުރު ކުރުމަކީ އަޅުގަނޑުމެން ފަހުރުވެރި ވާންޖެހޭނެ ކަންކަން ކަމަށެވެ.

ގައުމީ ދިފާއީ ބާރު ވަރުގަދަ ކުރުމަށް ޓަކައި ކުރެވޭ ކޮންމެ ގައުމީ މަސައްކަތަކީ މި މިނިވަން މުސްތަގިއްލު ގައުމުގެ ހިމާޔަތާއި ރައްކާތެރި ކަމާއި މިނިވަން ކަމަށް ޓަކައި، އަދި އެ މިނިވަންކަން އަންނާން އޮތް ޖީލު ތަކަށް ފޯރުކޮށްދިނުމަށް ޓަކައި ފަހުރުވެރިކަމާއެކީ ކުރަންޖެހޭ މަސައްކަތްތަކެއްކަން އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.

އަދި އެކަމާ މަލާމާތް ކުރާ މީހުންނަކީ، ގައުމިއްޔަތުކަމެއް ނެތް، ގައުމީ ލޯތްބެއް ނެތް، މަވެތިކަމުގެ އިންތިހާއަށް ގޮސްފައިވާ އަދި ސިޔާސީ ގޮތުންގޮސް ގައުމު ކޮންމެ ފަދަ ގޮތަކަށް ވެގެންދިޔަޔަސް ވަރިހަމަވާ ވިސްނުމުގެ މީހުން ކަމުގައި އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ކަމަށް ވިދާޅުވި އެވެ.

އެ ވިސްނުމުން ގައުމު ސަލާމަތް ކުރުމަކީ ގައުމު ދެކެ ލޯބިވާ ކޮންމެ ދިވެހި ރައްޔިތެއްގެ ވާޖިބެއް ކަމަށާއި، މި ގައުމަށް އުފަން، ކޮންމެ މައް ދިވެއްސެއްގެ ހިތުގައި ގައުމީ ލޯބި ހުންނަން ޖެހޭނޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

17 ނޮވެންބަރު 2023 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރުވެސް، އަދި މިއަދާއި މާދަމާ ވެސް އެ މަނިކުފާނުގެ އެންމެ އިސް ވާޖިބެއް ކަމުގައި ދެކެވަޑައިގަންނަވާނީ ދިވެހި ގައުމުގެ މިނިވަން ކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކޮށް، ރައްކާތެރިކޮށް، ކަށަވަރު ކަމާއެކީގައި ކުރިއަށްއޮތް ޖީލުތަކަށް ފޯރުކޮށްދެއްވުން ކަމަށާއި، އެ ވާޖިބު އަދާ ކުރެއްވުމުގައި އެންމެ މުހިންމު ބައިވެރިންނަކީ ދިވެހި ސިފައިންކަން އެ މަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ދިވެހި ގައުމު ހިމާޔަތްކުރާނީ ހުރިހައި މާނައެއްގައި ވެސް މިނިވަންކަން ކަށަވަރުކުރަމުންކަމުގައްޔާއި، އޭގެ ތެރޭގައި އިގުތިސާދީ މިނިވަންކަމާއި އަސްކަރީ މިނިވަންކަން ވެސް ހިމެނޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރާއްޖެއަކީ ކުޑަ އާބާދީއެއް ކަމުގައި ވީނަމަވެސް، ސަރަހައްދުގެ ގޮތުން ބިޔަ ގައުމެއް ކަމަށާއި، ރާއްޖޭގެ 99 އިންސައްތަ ކަމުގައިވާ ކަނޑުގެ ސަރަހައްދަކީވެސް ދިވެހި ގައުމުގެ ބައެއް ކަން އެ މަނިކުފާނު ހަނދުމަފުޅުކޮށް އެރުވިއެވެ.

އަދި ރާއްޖޭގައި ހިކިފައި އޮތް ސަރަހައްދަކީ ގައުމުގެ އެކެއް އިންސައްތަ ކަމުގައި ވުމަކީ، މިނިވަންކަމަށް ފަރުވާކުޑަކޮށް ގައުމު ހިމާޔަތް ނުކުރާންވީ ސަބަބެއް ނޫންކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ދިވެހި އެކްސްކްލޫސިވް އިކޮނޯމިކް ޒޯން (އީއީޒެޑް) ގެ ބޮޑު ބިޔަ ސަރަހައްދު ވަޔާއި ކަނޑާއި އެއްގަމު މަގުން ހިމާޔަތް ނުކުރެވި އޮތް އޮތުން ނިމުމަކަށް ގެނައުމަށް މި ސަރުކާރުން ކުރާ މަސައްކަތުގައި މިހާތަނަށް ހާސިލ ުކުރެވިފައިވާ ކުރިއެރުން ތަކަކީ އަދި ފެށުމެއްކަމުގައި އެ މަނިކުފާނު ސިފަކުރެއްވި އެވެ.

ދިވެހި ސިޔާދަތީ ބާރުގެ ތެރޭގައި ހިމެނޭ ސަރަހައްދު ހިމާޔަތްކުރުމުގެ ގާނޫނީ ޒިންމާ އަދާކުރުމަށް ބޭނުންވާ ވަސީލަތްތައް، ވޭތުވެ ދިޔަ ތަނުގައި ގާއިމުކުރެވިފައި ނުވި ސަބަބާމެދު ސުވާލު އުފައްދަވައި، މާ ދުރު ނޫން މުސްތަގުބަލެއްގައި ދިވެހި ސިފައިންގެ ތެރޭގައި އެއާފޯސް، ނޭވީ، އަދި އާމީ އުފެއްދޭނޭ މަގު ފަހިކުރެއްވުމަށް މަސައްކަތްކޮށްދެއްވުމުގެ އަޒުމުފުޅުގައި ސާބިތުވެ ހުންނެވިކަން އެ މަނިކުފާނު ވަނީ ހާމަ ކުރައްވާފައެވެ.

ދިވެހި އަސްކަރިއްޔާ ހަރުދަނާ ކުރެއްވުމަކީ ވެސް ސަރުކާރުގެ ވަށާޖެހޭ ސިޔާސަތުގެ ދަށުން ކުރެވޭ މަސައްކަތެއްކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި ނެޝަނަލް ސާވިސްގެ ހިދުމަތަށް ކުރިމަތިލުމަށް ދާދި އަވަހަށް ހުޅުވާލާނޭކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ ދިވެހި ގައުމީ ދިފާއީ ބާރުން އަލަށް ތައާރަފުކުރެއްވި ޝަރަފުގެ ނިޝާން "ހަށިހެޔޮކަމުގެ ކުލަ" ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފަ އެވެ.

މީގެ އިތުރުން އެ މަނިކުފާނު ވަނީ، ރައީސުލްޖުމްހޫރިއްޔާގެ މެޑެލި ހާސިލުކުރި ފަރާތް ތަކަށާއި، ފާއިތުވި އަހަރުގެ އެންމެ ހަށިހެޔޮ އަންހެން އަދި ފިރިހެން ސިފައިންނަށް މެޑެލި ހަވާލު ކޮށްދެއްވައި، ޕާކިސްތާނު އާމީ ޓީމްސް ސްޕްރިޓް (ޕެޓްސް)ގައި ކާމިޔާބު ހޯދި އަދި އެންމެ ހަށިހެޔޮ ޔުނިޓުގެ ގޮތުގައި ހޮވުނު ޔުނިޓަށް ފިލާ ހަވާލުކޮށްދެއްވާފަ އެވެ. އަދި އެ މަނިކުފާނު ވަނީ، އަސާސީ ތަމްރީން ކޯހުގެ ދަސްވެނިން ހުވާކުރުމުން، އެ ސިފައިންނާ ރަމްޒީގޮތުން ބަޑިހަވާލުކުރައްވާފަ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy