ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް
ސިފައިން، އަމިއްލަ ނަފުސާއި އާއިލާތަކަށްވުރެ، އަބަދުވެސް އިސް ކުރަނީ ދިވެހި ގައުމާއި ރައްޔިތުންގެ މަސްލަހަތުކަމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުން އަންނަ ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ފޮނުއްވި ތަހުނިޔާގެ ހިތޯބުގަ އެވެ.
ރައީސް ވިދާޅުވެފައި ވަނީ ދުނިޔެއަށް އަންނަމުންދާ ބަދަލު ތަކާއި، އެކި ޒަމާނާއި އެކި ހާލަތްތައް ބަދަލުވަމުންދާ ދިއުމުގައި، ދިވެހި ދައުލަތާއި ދީބަށް ލޮޅުމެއް އެރިޔަ ނުދީ، މަސަލަސް ކަމާއި މަޖްދާއި ކަރާމާތް ދެމެހެއްޓުމުގެ އެންމެ މަތިވެރި ގައުމީ ޒިންމާ އުފުލާނީ ދިވެހި ސިފައިންކަމުގަ އެވެ.
މި ގައުމު އެއް ވެރިކަމެއްގެ އަމުރުމައުރޫފުގެ ދަށުގައި، މުސްތަގިއްލު ވަޒަނެއްގެ ގޮތުގައި ދެމިއޮތީ، ގައުމުގެ މިނިވަން ކަމާއި އެއްބައިވަން ތަކަން ހިފަހައްޓައި ދިނުމަށް ކެނޑިނޭޅި ބަޔަކުވީ ގުރުބާނީގެ ސަބަބުންކަން ރައީސް ފާހަގަ ކުރައްވާފައިވެ އެވެ.
ރައީސްގެ ހިތޯބުގައި ގައުމަށް ދިމާވި ކޮންމެ ބޮޑު ކަމަކާއި ކޮންމެ އުނދަގޫ ވަގުތަކު، ދިވެހީންނަށް ޓަކައި ދަލާއި ލޭ އޮހޮރުވައި، ރެޔާއިދުވާލު ވަރުބަލިވުމެއް ނެތި ބުރައު ފުލުމުގައި އިސްނެގީ ދިވެހި ސިފައިންކަން ފާހަގަކުރައްވާފައިވެ އެވެ.
"ދިވެހި ސިފައިންގެ މުލައްދަނޑިތަކުގައި ގައުމީ ލޭ ދައުރުވާހައި ހިނދަކު، ދިވެހި އަސްކަރީންގެ ހިތް ތަކުގައި މިނިވަން ކަމުގެ ވިންދު ޖަހަމުންދާހާ ހިނދަކު އިރާދަ ކުރެއްވިއްޔާ ދިވެހީންގެ މިނިވަން ކަމަކަށް، ދެމިތިބުމަކަށް، އިރުއޮއްސުމެއް ނެތް" ކަމުގައި ރައީސް ހިތޯބުގައިވެ އެވެ.
ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި، ރައީސް، އެކްސް ގައި ކުރެއްވި ތަހުނިޔާގެ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ދިވެހީންނަށް ލިބުނު ކޮންމެ ކުރިއެރުމަކާއި ކާމިޔާބެއްގެ ސިއްރަކީ، މިނިވަން ދައުލަތެއްގެ ގޮތުގައި މި ގައުމު ދެމިއޮތުން ކަމަށާއި، ދިވެހި މިނިވަން ކަމުގެ ދަންމަރު އުދަރެސް ތަކަށް އުފުލައި ދެނީ، ދިވެހި ސިފައިންގެ ޖޯޝާއި، ގުރުބާނީއާ ނުގުޑާ އަޒުމުން ކަމަށެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް