---
މާލޭން ގެއްލިގެން ހޯދަމުން އަންނަނިކޮށް ފެނުނު ވެހިކަލްތައް ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ ފަރާތުގެ ނަންމަތީ 90 އަށްވުރެ ގިނަ ވެހިކަލް ރަޖިސްޓްރީކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރިޑެންޓް އޮފް ޕޮލިސް، އަހުމަަދު ދާއޫދު ވިދާޅުވީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރުގެ ވޭން ވަގަށް ނަގާފައި މައްސަލައިގެ ތަހުގީގުން ދާދި ފަހުން އަލިފާނުގެ ހާދިސާއެއް ހިނގި ގެއެއް ކަމަށްވާ ހ. ހީރާނުގެ ގްރައުންޑް ފްލޯގައި ހުރި ގަރާޖެއްގެ ތެރެއަށް ވޭން ވެއްދި މަންޒަރު ފެނިފައިވާ ކަމަށެވެ.
ތަހުގީގު ތެރެއިން ގަރާޖަށް ގޮސް، ގަރާޖު ކުއްޔަށް ނަގައިގެން އުޅޭ ފަރާތް އެތަނަށް ހާޒިރު ކުރެވި، އޭނާގެ ހާޒިރުގައި ގަރާޖު ބަލައި ފާސްކުރިިއިރު ގަރާޖު ތެރެއިން ވޭނު ފެނިފައިވާ ކަމަށް ދާއޫދު ވިދާޅުވިއެވެ.
މިހާދިސާގެ އިތުރުން ވެސް މީގެ މަހެއްހާ ދުވަސް ކުރިން ހުޅުމާލޭން ގެއްލިފައިވާ އިމިގްރޭޝަންގެ ހަތަރު ފުރޮޅިލީ އުޅަނދު ވެސް އެ ގަރާޖު ތެރެއިން ފެނިފައިވާ ކަމަށް ދާއޫދު ވަނީ ވިދާޅުވެފައެވެ.
ދާއޫދު ވިދާޅުވީ، އެކަމާއި ގުޅިގެން ބެލިބެލުމުން ވެހިކަލްގެ އަސްލު އޮޅުވާލަން އިންޖީނު ނަންބަރާއި ޗެސިސް ނަންބަރު ކަހާލާފަ، މާލޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަކަން އެނގިފައިވާ ކަމަށެވެ.
މިމައްސަލައިގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ކ. މާލޭ، މ. މޮޑަން ކޮމެންޓް، އަހުމަދު ނިޒާމް (43އ)ގެ އިތުރުން އެމްއޭސީއެލްގެ ސްޓާފެއް ކަމަށްވާ މ. ސީނިއަސުރުމާގެ، މުހައްމަދު ހައިޝަމް (42އ) އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް