އާޒިމާ ޝަކޫރު --
ރައީސުލްޖުމްހޫރިއްޔާގެ ޑރ. މުޙައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު މުޙައްމަދު މުއިއްޒަށް، ނިސްބަތްކޮށް ދެއްކި ވާހަކަތާ ގުޅުވައިގެން އެމްޑީޕީގެ އެކްޓްވިސްޓު މަރިޔަމް ޒުބައިރު (މަންދީ)ގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ފުލުހަށް ހުށަހަޅާފައިނުވާނެ މެޑަމް ސާޖިދާގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ބުނެފި އެވެ.
އާޒިމާގެ ލޯފާމް ކަމުގައިވާ ރެހެންދި ޗެމްބާސް އިން ނެރުނު ބަޔާނެއްގައި މެޑަމް ސާޖިދާގެ ފަރާތުން އުފުލާފައި ވަނީ ހަމައެކަނި މަދަނީ ދައުވާ ތަކެއްކަން ފާހަގަކޮށް، ބުނެފައި ވަނީ އެ ގޮތުން އެ މައްސަލަތައް ހުށަހަޅާފައި ވަނީ ސިވިލް ކޯޓަށާއި ފެމިލީ ކޯޓަށް އެކަނި ކަމަށެވެ. އަދި ކްރިމިނަލް ކޯޓާއި ފުލުހުންގެ ތަހުގީގުތަކާ އެ މައްސަލަތަކާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބަޔާނުގައިވެ އެވެ.
ފުލުހުން މަންދީގެ މައްޗަށް ހިންގާ ތަހުގީގަކީ މެޑަމް ސާޖިދާ އިސްކޮށް ހުންނަވައިގެން ހިންގާ ތަހުގީގެއް ކަމަށް ވިސްނޭ ގޮތަށް ބައެއް ފަރާތް ތަކުން މައުލޫމާތު ފަތުރަމުންދާކަން ފާހަގަކޮށް، އެ ބަޔާނުގައި ވަނީ ނަމަވެސް އެއީ ހަގީގަތް ނޫން ކަމަށް ބުނެފަ އެވެ. އަދި ކަމުގެ ދެކޮޅު ބަލައި ނުލައި މިފަދަ ހަބަރުތައް ނުފެތުރުމަށް ވެސް އެދިފައިވެ އެވެ.
ފުލުހަށް ހާޒިރުވުމަށް އަންގައި މަންދީއާއި އެ ޕާޓީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް)އަށް އިއްޔެ ކްރިމިނަލް ކޯޓުން ފޮނުވި ޗިޓުގައި ބުނެފައި ވަނީ އެ ދެމީހުންގެ ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ އެހެން ހުރިހާ ތަނެއްގެ ފޮޓޯ ނަގައި އަދި އަޑުގެ ސާމްޕަލް ނެގުމަށް ބޭނުންވާތީ، އިއްޔެ މެންދުރު ފަހު، 2:30 އަށް ފުލުހަށް ހާޒިރުވުމަށެވެ.
މިދިޔަ ރޯދަމަހު، އެމްޑީޕީން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި މަންދީ ބުނެފައި ވަނީ ރާއްޖޭގައި ވޭޕް ބޭނުންކުރުން މި ސަރުކާރުން މަނާ ކުރީ ރައީސް މުއިއްޒުގެ ދަރިކަލުން ވޭޕް ބޭނުންކުރައްވާކަން އެނގުމުން ކަމަށެވެ.
މި މައްސަލައިގައި އާޒިމާ ލޯ ފާމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް މުޙައްމަދު މުއިއްޒުގެ ދަރިކަލުންނަށް ނިސްބަތްކޮށް މަންދީ ދައްކާފައިވާ ވާހަކަ ތަކުގެ ސަބަބުން، ދަރިކަލުންގެ ނަފުސަށާއި ފުރާނައަށް ނުރައްކާ ވާނެ ހާލަތެއް މެދުވެރިކުރުވާ، ކިޔެވުމަށާއި މުސްތަގުބަލަށް ބޮޑެތި ގެއްލުން ތަކެއް ކުރިމަތިވާނެ ހާލަތެއް މެދުވެރިކޮށްފައިވާ ކަމަށެވެ.
އެހެންކަމުން އުމައިރުގެ މަންމަ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖީދާ މުޙައްމަދުގެ ފަރާތްޕުޅުން ފެމިލީ ކޯޓަށާއި ސިވިލް ކޯޓަށް މަންދީ، އާއި ފައްޔާޒުގެ އިތުރުން އެމްޑީޕީއާ ދެކޮޅަށް ދައުވާ އުފުލާފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ސިވިލް ކޯޓަށް ހުށަހެޅީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ހައްގު ނިގުޅައިގެންފައި ވާތީ އެވެ. ފެމިލީ ކޯޓަށް މައްސަލަ ހުށަހެޅީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކަމުގެ ގާނޫނު، އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާ އިން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާތީ އެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ މި މައްސަލަތައް ހުށަހަޅާފައި މިވަނީ، ގާނޫނުއަސާސީ އާއި ގާނޫނު ތަކުން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރި ކަމުގެ ހައްގު، ސިޔާސީ ދެކޮޅުވެރި ކަމާއި ވާދަވެރި ކަމުގެ ތެރެއިން ވިޔަސް، ނިގުޅައި ނުގަނެވޭނޭ ކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށެވެ.
އޭގެ އިތުރުން އެކުދިންގެ ތައުލީމާއި މުސްތަގުބަލު އަދި ނަފްސު، ގަނާ ކުރުމާއި ފުރައްސާރަ ކުރުމާއި އަދި ނުރައްކަލުގެ ތެރެއަށް ހުށަހެޅުމަށް ކުރެވޭ މަސައްކަތް ތަކުން ސަލާމަތްކޮށް ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަގުސަދުގައިކަން އެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް