އެމްއެންޔޫގެ މިއަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ --
ޖާގައާ ވަސީލަތުގެ ގޮތުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ އަށް ބޭނުންވާ ކުރިއެރުންތައް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ދެއްވައިފި އެވެ.
އެމަނިކުފާނު މި ޔަގީންކަން ދެއްވާފައިވަނީ އެމްއެންޔޫގެ މި އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، މިރޭ، އެ ޔުނިވާސިޓީގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
އަޅުގަނޑުމެންގެ ކިބައިގައި ގައުމުގެ ކަންކަން ހެޔޮ މަގުން ކުރިއަށް ގެންދިއުމުގެ ވިސްނުން ނެތީވިއްޔާ، ގައުމުގެ ކަންކަން އިސްލާހު ވެގެން ދާނީ ކޮންފަދައަކުންތޯއޭ ވިދާޅުވެ، ސުވާލު އުފައްދަވައި ރައީސް ވަނީ، މާތްވެގެންވާ ކީރިތި ގުރުއާނުންވެސް އަޅުގަނޑުމެންނަށް ދައްކުވައިދޭ މަގަކީ މިއީ ކަން ހަނދާންކޮށްދެއްވާފަ އެވެ.
ސައްތަ އިންސައްތަ އިސްލާމީ ގައުމެއްގައި، އިސްލާމީ ރިވެތި އަހުލާގު އަށަގެންނެވުމަށް މަސައްކަތް ކުރުމަކީ އިލްމު އުނގެނިގެން ތިބި ބައެއްގެ މައްޗަށް އޮތް ޒިންމާއެއް ކަމަށާއި، މިއީ އެކަމަކާ މެދު ސުވާލު ވެވޭނެ ކަމެއް ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ގައުމަށް ދިމާވެފައިވާ މައްސަލަތައް، ހައްލު ކުރުމުގެ ހިޔާލާއި ފިކުރު ނެތް ކަމުގައި ވަނީ ނަމަ، ގައުމުގެ ކަންކަން އިސްލާހު ނުވާނެ ކަމަށާއި، މައިންބަފައިންގެ އަޒުމަކަށް ވާންވީ ދަރީންނަށް ލިބުނު ކާމިޔާބީއާއެކު އެ މަގު ދައްކައިދިނުން ކަމަށާއި، ތައުލީމީ މުއައްސަސާގެ ޒިންމާއަކަށް ވާން ވާނީ މި ރޮނގުން އިތުރު ކުރިއެރުންތައް ހޯދުމަށް މަސައްކަތްކުރުން ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.
ރިވެތި އަހުލާގުން ޖަރީވެފައިވާ މުޖުތަމައެއް ބިނާ ކުރުމަށް މަސައްކަތް ތަކެއް ކޮށްފިކަމުގައިވާ ނަމަ، ދިވެހި މުޖުތަމައު އިސްލާހު ކުރެވޭނެ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ. މި އުސޫލުން ކަންކަން ބައްޓަން ކުރަން މަސައްކަތް ކުރުމަށް ލޯމަރާލެވެން ނެތް ކަމަށާއި، މި ފިކުރު އަށަގެންނެވިގެން ނޫނީ، މުޖުތަމައުގައި ހުރި މުންކަރާތް ތަކަށް ނޫނެކޭ ބުނެވެން ނޯންނާނެ ކަމުގައި ވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
އެ މަނިކުފާނު ވަނީ، އެމްއެންޔޫގެ ވަރުގަދަ ކުރުމަށް ޓަކައި، އެ މަނިކުފާނުގެ ސަރުކާރުން ގިނަ ކަންތައް ތަކެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފަ އެވެ.
މިރޭގެ ދަސްވެނިވުމުގެ ރަސްމިއްޔާތަކީ ރާއްޖޭގައި މަތީ ތައުލީމު ފެތުރުމުގެ ތާރީހުގައި ވެސް ފާހަގަ ކުރެވިގެންދާ ރަސްމިއްޔާތެކެވެ. އެގޮތުން، ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މުއައްސަސާ އަކުން އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ބޭފުޅަކަށް ފުރަތަމަ ފަހަރަށް އަރުވާފައި ވަނީ މިރޭގެ ރަސްމިއްޔާތުގަ އެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަރުވާފައި ވަނީ، ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމު ފެތުރެއްވުމުގައި ބައި ގަރުނަށްވުރެ ގިނަ ދުވަސް ވަންދެން ހިދުމަތްކުރައްވާފައިވާ ފަލީލަތުލް އިސްމާއީލު މުޙައްމަދަށެވެ. އިސްމާއީލު މުޙައްމަދަށް މި ޝަރަފު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އެވެ.
މީގެ އިތުރުން، އެމްއެންޔޫގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ސަނަދު ހާސިލު ކުރި ބައެއް ދަސްވެނީންނާއި، މަތީ ވަނަތައް ހާސިލު ކުރި ދަސްވެނީންނަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނދާނީ ލިޔުމާއި އިނާމު ހަވާލު ކޮށްދެއްވާފަ އެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއިން މި އަހަރު 900 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ދަސްވެނިވެފަ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް