ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް -- ފޮޓޯ/ މިހާރު
ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތްތައް ފުޅާ ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
އެ މަނިފާނު މިކަން ހާމަކުރެއްވީ ރޭ ބޭއްވި ހުޅުމާލޭ ހޮސްޕިޓަލުގެ 21 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނާޒިމްގެ ވާހަކަފުޅުގައި ހުޅުމާލެ ހޮސްޕިޓަލްގެ އިމަޖެންސީރޫމް އިތުރަށް ހަރުދަނާކޮށް, ބެޑް އިތުރު ކުރުމާއި ޑައިލިސިސްގެ ހިދުމަތް ފުޅާ ކުރުމަށް ކުރަމުން އަންނަ މަސައްކަތް ފާހަގަ ކުރެއްވި އެވެ. މީގެ އިތުރުން ހޮސްޕިޓަލުގެ ވޯޑަށް އެނދު އިތުރު ކުރުމާއި، އޯޕީޑީ އަދި އިންޕޭޝަންޓް ހިދުމަތް ފުޅާ ކުރުމަށް ރޫމް އިތުރު ކުރުމާއި، މެންޓަލް ހެލްތު އޯޕީޑީގެ ހިދުމަތް ފުޅާ ކުރުން ހިމެނެ އެވެ.
އަދި ހުރިހާ ހިދުމަތެއް ވެސް ފުޅާ ކުރެވޭނެ ގޮތަށް ހުޅުމާލެ ހޮސްޕިޓަލް އިތުރަށް ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއެއް ހިނގުމަކީ މި ސަރުކާރުން ކުރަން ނިންމާފައިވާ މުހިންމު މަސެއްކަތެއް ކަމަށް ވެސް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ޑޮކްޓަރުން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް، ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ނާޒިމް ވިދާޅުވީ އެ މަނިކުފާނުގެ އުންމީދަކީ، ރާއްޖޭގައި މިއަށްވުރެ ގިނަ ޒިންމާދާރު، ހުނަރުވެރި ޑޮކްޓަރުން ތިބެގެން، ހިދުމަތްތެރިކަމާއެކު މަސައްކަތް ކުރާނެ ޑޮކްޓަރުން ތިބުން ކަމަށެވެ. އަދި ޑޮކްޓަރުން ކޮންމެ ދުވަހަކުވެސް ދައްކަވާ ކެތްތެރި ކަމަށް ތައުރީފު ކުރެއްވި އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް