އޮޔާދަނިކޮށް ފެނުނީ ނޭޕާލް އަންހެނެއް - ފުލުހުން

----

މި މަހުގެ 25 ވަނަ ދުވަހު ސިނަމާލެ ބްރިޖާ ދިމާލު ކަނޑުމަތިން އޮޔާ ދަނިކޮށް ފެނުނީ ނޭޕާލް އަންހެނެއްގެ ހަށިގަނޑު ކަަމަށާއި އޭނާ އެންމެ ފަހުން ދިރިހުއްޓާ ފެނުނީ ސިނަމާލެ ބްރިޖް މަތިން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީރިއަސް އެންޑް އޮގަނައިޒްޑް ކައިރިމް ޑިޕާޓްމެންޓްގެ ޗީފް އިންފެކްޓާ މުހައްމަދު ސާމިހް ވިދާޅުވީ، މެއި 25 ވަނަ ދުވަހުގެ 12:30 ހާއިރު ސިނަމާލެ ބްރިޖް ކައިރިން މީހަކު އޮޔާދާ ކަމަށް މައުލޫމާތު ލިބުމުން ފުލުހުން ވަގުތުން އެ ސަރަހައްދަށް ދިޔަ ކަމަށެވެ. އަދި އެ އަންހެން މީހާ ނަގައިގެން އައިޖީއެމްއެޗަށް ގެންދިޔަ ކަމަށެވެ.

"ޑޮކްޓަރު ބެލުމަށް ފަހު އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަން ކަށަވަރު ކޮށްދީފައިވޭ. ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ވެސް ޑޮކްޓަރުން ކަށަވަރުކޮށްދީފައިވޭ." ސާމިހް ވިދާޅުވިއެވެ.

ސާމިހް ވިދާޅުވީ ނިޔާވެފައި އޮއްވާ ފެނުނު މީހާގެ ވަނަވަރު މެއި މަހުގެ 27 ވަނަ ދުވަހު ފުލުހުންގެ ތަހުގީގަށް ދެނެގަނެވުނު ކަމަށެވެ. އެއީ އުމުރުން 25 އަަހަރުގެ ނޭޕާލް އަންހެނެއް ކަމަށް ވިދާޅުވިއެވެ.

"މައްސަލައިގެ ތަހުގީގަށް އެނގުނު ގޮތުގައި އެ އަންހެން މީހާއަކި މާލޭގެ ގެސްޓް ހައުސްއެއްގައި މަސައްކަތް ކުރަމުންދިޔަ ފަރާތެއްކަން. ފުލުހުންގެ ތަހުގީގަށް މިހާތަނަށް ކުރެވުނު މަސައްކަތްތަކުން މެއި މަހުގެ 25 ވަނަ ދުވަހުގެ 11:19 ހާއިރު އެ އަންހެން މީހާ އާއި އޭނާ ލޯބީގެ ގޮތުން ގުޅުގެން އުޅޭ ބިދޭސީއަކާއެކު މާލޭގެ މަގުތަގައި ހަރަކާތްތެރިވެފައިވާ މަންޒަރު ފެނިފައިވޭ." ސާމިހް ވިދާޅުވިއެވެ.

ސާމިހް ވިދާޅުވީ، ސީސީޓީވީއިން ފެނުނު ގޮތުގައި އެ އަންހެން މީހާ އެކަނި ހިނގާފައި ސިނަމާލެ ބްރިޖަށް އަރައިގެންދާ މަންޒަރު ފެންނަ ކަަމަށެވެ. އެ އަންހެން މީހާ އެންމެ ފަހުން ދިރިހުއްޓާ ފެނުނީ އެ ދުވަހުގެ 11:27 ހާއިރު ސިނަމާލެ ބްރިޖް މަތިން ކަަމަށް ވެސް ވިދާޅުވިއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

40 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy